ads
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ ހިއްސާއަކަށް 3ރ. ބަހަން ފާސްކޮށްފި
އެމްޓީސީސީގެ ހިއްސާއަކަށް 3ރ. ބަހަން ދެންމެ ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކުރީ މިރޭ އުމަރު ޒާހިރު ބިލްޑިން ގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

މި ޖަލްސާގައި ހިއްސާއަކަށް 3ރ. ބަހަން ފާސްކޮށްފައިވަނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ %99.6 ވޯޓުންނެވެ. މިޖަލްސާގައި އޮންލައިންކޮށްވެސް އަދި ޖަލްސާއަށް ހާޒިރުވެގެން ވެސް ހިއްސާދާރުން ވަނީ ބައިވެރިވެފަ އެެވެ.

މިޖަލްސާގައި 2023ވަނަ އަހަރުގެ ޔައުމިއްޔާ ވަނީ ފާސްކޮށްފަ އެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޑެލޮއިޓް ޕަރޓްނާސްއެވެ. އެ ކުންފުނިން ހުށައަޅާފައިވަނީ 498،960 ރުފިޔާ އެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރަކަށް ހޮވާފައިވަނީ ނަސްރަތު މުހައްމަދު އަދި މުހައްމަދު އިމްރާން އަދުނާނެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން 3ރ. ބަހަން ނިންމި އިރު, މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 3.2 ބިލިއަން ރުފިޔާ އެވެ. މިއީ 2022ވަނަ އަހަރު ލިބުނު އާމްދަނީގެ އަދަދާއި އަޅާ ބަލާއިރު 31 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު އާމްދަނީ ބަހާފައި ވަނީ ހިއްސާއަކަށް 4ރ. އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް