އެ އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 09:00 އިން ހަވީރު 5:00 އަށް މީރުމާ އިމާރާތުގެ ދެ ވަނަ ފަންގިފިލާގަ އެވެ.
އެ އޯޕަންޑޭގައި މައުލޫމާތު ހޯދަން ބޭނުންވާ ވިޔަފާރިތަކަށް ލިންކެއް މެދުވެރިކޮށް ބުކިން ހެދޭނެ އިންތިޒާމު އެ ބޭންކުން ވަނީ ފަހިކޮށްދީފަ އެވެ.
މީގެ ކުރިންވެސް އެމްއައިބީއިން ވަނީ އެފަދަ ހަރަކާތްތަށް ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންގޮސްފަ އެވެ. އެ ހަރަކާތްތަކަށް ވަނީ ބޮޑު ތަރުހީބެއް ވެސް ލިބިފަ އެވެ.
އެމްއައިބީއަކީ ވިޔަފާރިތަކަށް ފަހި ބޭންކްއަކަށް ވާއިރު، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކަށް ނުގޮސް ވިޔަފާރިތަކަށް ގިނަ ޚިދުމަތްތަކެއް ލިބެއެވެ.