ads
ކްރިމިނަލް ކޯޓު
ވަގަށް މިޔަރަ އުރަހަ ބޭރުކުރަން އުޅުނު މީހަކު ބައިލައްކަ ރ. އިން ޖޫރިމަނާކޮށްފި
ރާއްޖެއިން ވަގަށް މިޔަރަ އުރަހަ ބޭރުކުރަން އުޅުނު މީހަކު ބައިލައްކަ ރ. އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި ހުކުމް އިއްވީ މުހައްމަދު ރުޝްދާން ސުބިރުގެ މައްޗަށެވެ.

އޭނާގެ މައްޗަށް މިހުކުމް އިއްވީ 26 އޮކްޓޫބަރު 2023 ގައި އޭނާފުރަން ދިޔައިރު ގެންދިޔަ ތިން ލަގެޖާއި އެއް ފޮށިގަނޑު ބަލައި ފާސް ކުރިއިރު މިޔަރަ އުރަހަ ފެނުމުންނެވެ.

އެގޮތުން އޭނާގެ މައްޗަށް އުފުލީ ދިވެހިރާއްޖެއަށް ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ދައުވާވެ.

މި ދައުވާށްއަށް މީނާ ވަނީ އިއުތިރާފުވެފަ އެެވެ.

އޭނާ އިއުތުރާފުވެފައިވާތީއާއި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް އިއްވީ ބައިލައްކަ ރ. އިން ޖޫރިމަނާކުރުމުގެ ހުކުމެކެވެ.

މި ފައިސާ މަސްދުވަހުގެތެރޭގައި މީރާއަށް ދެއްކުމަށް ކޯޓުން ވަނީ އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް