ads
ހޯމް މިނިސްޓަރު އަލީ އިހުސާން
ރައީސްގެ ވިސްނުންފުޅަކީ ރައްޔިތުންނަށް އަވަސް ހިދުމަތް ފޯރުކޮށްދިނުން: އިހުސާން
ރައީސްގެ ވިސްނުންފުޅަކީ މުއައްސަސާތަކުން ވީހާވެސް އަވަހަށް ހިދުމަތް ދެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުން ކަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 134 އަހަރު ފުރުމާއިގުޅިގެން ދިދަ ނެގުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

ކަސްޓަމްސްގެ ހިދުމަތާމެދު ރައްޔިތުން ދެކޭގޮތް އެއްދުވަހަށްވުރެ އަނެއް ދުވަހެއް ބަދަލުވެ، ރަނގަޅުވެގެން އައުމަކީ ރައީސް ޑރ.މުއިއްޒު ކުރައްވާ އުންމީދެއްކަމަށް މިއަދުގެ ރަސްމިޔާތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ކަސްޓަމްސްގެ ހިދުމަތަކީ ދިނުމަށް ފަސޭހަ ހިދުމަތެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ޔުނީފޯމް އަޅައިގެން ދޭ އެއްވެސް ހިދުމަތަކީ އޭގެ ޒާތުގައި ފަސޭހަ ހިދުމަތެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ކަސްޓަމްސްގެ ހިދުމަތަކީ ރާއްޖޭގެ ބޯޑަރުތަކުގެ ކައިރިންދޭ އެންމެ އުނދަގޫއެއް ހިދުމަތް ކަމަށާއި، ރައްޔިތުންނާއި ގާތުން ސަލާމަތީ ކަންކަންކަށަވަރު ކުރުމާއެކު އެ ހިދުމަތް ދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް އެދޭ އެދުމެއް ރާއްޖޭގެ ބޯޑަރު ސެކިއުރިޓީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ޓްރޭޑް ފެސިލިޓޭޝަން ފޯރުކޮށްދެމުންދާއިރު ހިދުމަތް ވީހާވެސް ގާތުން ރައްޔިތުން އެދޭ ގޮތަށް ބައްޓަން ކުރުމަކީ. އެގޮތަށް ހިދުމަތްދޭ ދިނުމުގައި ރައްޔިތުންނަށް އުފާވެރިކަމާ އަވަހަށް ހިދުމަތް ދިނުން ކަށަވަރު ކުރުމަކީ އަމާޒަކަށްވާން ވާނެ." މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ޔުނީފޯމްއަޅައިގެން ހިދުމަތްދޭ ކޮންމެ އޮފިސަރަކީ ރައްޔިތުންނަށް ނަޒާހަތްތެރިކަމާއެކު ހިދުމަތްދޭ މީހެއްކަން ކަށަވަރުކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ޔުނީފޯމް އެޅި އޮފިސަރުން މިހާރަށްވުރެވެސް މަތީހިސާބެއްގައި ހިފެއްޓޭތޯ ބައްލަވާނެ ކަމަށް ފާހަގަކޮށް އިހުސާން ވިދާލުވީ އެ ހިފަހައްޓާހިފެއްޓުމުގައި ގާނޫނުވެސް ތަންފީޒު ކުރައްވާނެ ކަމަށެވެ. 

ރާއްޖޭގެބޯޑަރު ސެކިއުރިޓީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ޓްރޭޑް ފެސިލިޓޭޝަން ފޯރުކޮށްދެމުންދާއިރު ހިދުމަތް ވީހާވެސް ގާތުން ރައްޔިތުންއެދޭ ގޮތަށް ބައްޓަން ކުރުމަކީ އެދޭ އެދުމެއްކަން މިނިސްޓަރު ގެވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ހިދުމަތް ފަށާފައިވަނީ މީލާދީން 1890 ވަނަ އަހަރު ޖުލައި މަހު 18 ވަނަ ދުވަހު އެވެ. ބަންޑާރަ ފިހާރައިގެ ނަމުގައި ދޭން ފެށި މި ހިދުމަތް މިހާރު ބޭނުންކުރާ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ނަމަށް ބަދަލުވީ 11 ނޮވެމްބަރ 1998 ގައެވެ. އަދި ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް ބަދަލުވެގެންދިޔައީ 11 މެއި 2011 ގައި ތަސްދީގުކުރި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް