ads
އަންހެން ޓީމުގެ ބައެއް މެންބަރުން
ޒުވާން އަންހެން ވޮލީ ޓީމު ފުރަތަމަ މެޗުން ބަލިވެއްޖެ
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް މުބާރާތުގައި، ދިވެހި ޒުވާން އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ރާއްޖޭގައި މިއަދު ފެށި މި މުބާރާތުގައި ދިވެހި ޓީމު ބަލިވީ ކިރްގިސްތާން އަތުންނެވެ. މި މެޗު ކިރްގިސްތާން އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. 

މި މެޗުގެ ސެޓުތައް ދިޔައީ 25-11, 25-11 އަދި 25-17 އިންނެވެ.

މި މުބާރާތުގެ ދިވެހި އަންހެން ޒުވާން ޓީމު ކުޅޭ ދެވަނަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ސްރީލަންކާ އާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް