ads
ބަންގްލަދޭޝްގައި ހިގަމުންދާ މުޒާހަރާތަކުގެ ތެރެއިން: ފޮޓޯ އޭއެފްޕީ
ބަންގްލަދޭޝްގައި ތިބި ދިވެހިން ސަމާލުވުމަށް އެދެފި
ބަންގްލަދޭޝްގައި ހިނގަމުން ގެންދާ މުޒާހަރާތަކާއި ގުޅިގެން އެގައުމުގައި އުޅޭ ދިވެހި ދަރިވަރުންނާއި އެ ގައުމަސް ޒިޔާރަތްކުރާ ދިވެހިން ސަމާލުވުމަށް ފްރޮން މިނިސްޓްރީން އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ބޭރަށް މިދަނޑިވަޅުގައި ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރާކަމަށެވެ.

އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަސް ފްރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ ނަމްބަރުތަކަކީ 8801329748885 (+) ، 8801708120318 (+) އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] ފްރިން މިނިސްޓްރީން ބުނެއެވެ. 

ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ބަންގްލާދޭޝްގައި ދަރިވަރުން ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ 25 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 60 މައްޗަށް އަރާފައެވެ. ބަންގްލަދޭޝް ސަރުކާރުން ވަނީ ސްކޫލްތައް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށް ގައުމުން އިންޓަނެޓްވެސް ކަނޑާލާފައެވެ.

ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތައް ގެނައި ބަދަލުގައި ވަނީ 1971 ގެ ހަނގުރާމާގައި ބައިވެރިވި ބަންގްލަދޭޝް ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓު ދޭން ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް