ads
މަޖިލިސް އިންތިހާބު 2024 ވޯޓު ނެގުން ބަންދުވީ
މާދަމާގެ ބައި-އިލެކްޝަންތަކުގައި ފޮށި ބަހައްޓާ ތަންތަންއާ އާންމުކޮށްފި
ޖުލައި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަންތަކުގެ ބައެއް ވޯޓު ފޮށި ބަހައްޓާ ތަންތަން އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.
Advertisement

މާދަމާ ބާއްވަން ހަމަޖެޖިފައިވަނީ  ފ. ބިލެތްދޫ ކައުންސިލްގެ ރައީސް، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ.

އިސީއިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނުތަކުގައި ބުނީ މި އިންތިޚާބުތަކުގައި ވޯޓުލާ މަރުކަޒު ގާއިމު ކުރުމަށްޓަކައި، ވޯޓުލުމަށް ކަނޑައެޅިފައިވާ ސަރަހައްދު އަދި ކައިރި ސަރަހައްދަކުން އެކި ސަބަބުތަކާހުރެ އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ، ވޯޓުފޮށި ބެހެއްޓުމަށް އިއުލާންކުރި ތަނާ ގުޅިގެން ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުން އަދި އާންމު ރައްޔިތުންގެ ފަރާތުން މި ކޮމިޝަނަށް ވަނީ އެތައް ޝަކުވާއެއް ލިބިފައިވާ ކަމަށެވެ.

މި ސަބަބުތަކަށްޓަކައި، ރައްޔިތުންނަށް ވީހާވެސް ކައިރިން ފަސޭހަކަމާއެކު ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ބޭނުމުގައި، ތިރީގައި މިދަންނަވާ ވޯޓު ފޮށީގެ ވޯޓު ފޮށި ބަހައްޓާ ތަން އިޞްލާޙުކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން އާންމުކުރާ ކަމަށެވެ.

މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމަށް ޖުމްލަ 25 ފޮށި ބަހައްޓާނެއެވެ.

މި ބައި-އިލެކްޝަންތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ / މައްސަލަތައް ބަލައިގަތުމުގެ އިންތިޒާމު ވެސް އީސީއިން މިހާރު ވަނީ ހަމަޖައްސައިފައެވެ. މި ބައި-އިލެކްޝަންތަކުގައި ވާދަކުރައްވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ބޭފުޅުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ އެއް ބޭފުޅެކެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ވޯޓު ގުނަން ފަށާނެކަމަށް އީސީން ބުނެފައިވެ ވެއެވެ.

ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާ ގޮތަށް ހަމަޖެހިފައެއްނުވެ އެވެ.

މި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވާ ހޯމަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް