ads
ނާރެސް ޕޯޓަލް އިފްތިތާހު ކުރުމާއި ކުރަނގި އޮޕަރޭޝަން ފޭސް 2 އިފްތިތާހު ކުރުން.
ޑްރަގާއި, ގޭންގްގެ މައްސަލަ ހައްލުކޮށް ނަތީޖާ ނެރޭނަން: ރައީސް
ރާއްޖޭގެ އޮތް ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ޑްރަގާއި ގޭންގްގެ މައްސަލަ ހައްލުކޮށް ނަތީޖާ ނެރޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ނާރެސް ޕޯޓަލް އިފްތިތާހު ކުރުމާއި ކުރަނގި އޮޕަރޭޝަން ފޭސް 2 އިފްތިތާހު ކުރުމުގެ އިތުރުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާ އާއި ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ދެމެދު ވެވޭ ފަހުނާމާއެއްގައި ސޮއިކުރުމުގެ ގޮތުން މިރޭ ބޭއްވި ޚާއްސަ ހަފްލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އޮތް ބޮޑެތި މައްސަލަތައްހައްލު ކުރުމުގަ ކައުންސިލުގެ އެހީތެރިކަން ވަރަށް މުހިންމު ކަމަށެވެ.

ޑްރަގްގެ މައްސަލަ އެއީ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވަމުން ވިދާޅުވީ ޑްރަގްގެ މައްސަލަ ހައްލު ކުރުމަކީ މި ރާއްޖޭގަ އަދި ދުވަހަކު ވެސް ނަތީޖާ ނެރެވުނު ކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް ހުރިހާ ރަށެއްގެ ކައުންސިލުތަކާއި ޖަމްއިއްޔާތަކާއި ޖުމްލަކޮށް މުޅި މުޖުތަމައު އެހީތެރިކަމާއެކު އަޒުމަކަށްވާންވީ މި ފަސް އަހަރުތެރޭގައި އެކަށީގެންވާ ނަތީޖާއެއް މި މައްސަލައަށް ނެރުމަށް ކަމަށެވެ.

''މިއީ އެތައް އަހަރެއްވި މޫލާފައި އޮތް ވަރަށް ބޮޑު މައްސަލައެއް. އެހެންނަމަވެސް އަޅުގަނޑުމެން ވަރުގަދަ އަޒުމެއްގަ އެއް ނިޔަތެއްގަ އެ މަސައްކަތް ކުރާނަމަ އެ މައްސަލައަށް ދާއިމީ ހައްލު ގެނެވޭނެ.''

ރައީސް ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ކުރިއަށްދާނެ މަގުތައް މެނިފެސްޓޯގައި ކަނޑައަޅާފައިވާނެ ކަމަށެވެ. އެކި ސަރަހައްދުތަކުގައި ރީހެބް ސެންޓަރުތައް ގާއިމުކުރުމުގެ އިތުރުން އަދި ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ.

މި ކަންކަމުގައި ލާމަރުކަޒީ ނިޒާމު ވަަރަށް މުހިންމު ވެގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

މި މައްސަލައާއެކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި އަދި ގޭންގްތައް ހަދައިގެން އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ މި ތިން މައްސަލައަކީ މުޖުތަމައުގައި ވަރަށް ބޮޑު ހައްލެއް ގެންނަން ޖެހިފައި އޮތް ހައްލު ގެނެވިއްޖެނަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ތިން ކަންތަކުގައި އެދެވޭ ނަތީޖާ ނެރެވޭނެ ކަމަށާއި އަޒުމަކީ ހައްލު ނެރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް