ads
ނާރެސް ޕޯޓަލް އިފްތިތާހު ކުރުމާއި ކުރަނގި އޮޕަރޭޝަން ފޭސް 2 އިފްތިތާހު ކުރުން
ރައީސްގެ ހިޔާލުފުޅަކީ ކުދި އާބާދީތަކުގައި 3 ކައުންސިލަރުން ތިބުން
ތިންހާހަށްވުރެ ކުދި އާބާދީތަކުގެ ރަށްރަށުގައި 3 ކައުންސިލަރުން ތިއްބަވާ ގޮތަށް ހަމަޖެއްސުމަށް ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ކުރެވޭ ދިރާސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހިޔާލުފުޅެއް ދެއްވައިފި އެވެ.

ރައީސް މިފަދަ ޚިޔާލުފުޅެއް ދެއްވީ ނާރެސް ޕޯޓަލް އިފްތިތާހު ކުރުމާއި ކުރަނގި އޮޕަރޭޝަން ފޭސް 2 އިފްތިތާހު ކުރުމުގެ އިތުރުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާ އާއި ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ދެމެދު ވެވޭ ފަހުނާމާއެއްގައި ސޮއިކުރުމުގެ ގޮތުން މިރޭ ބޭއްވި ޚާއްސަ ހަފްލާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ކައުންސިލުތަކުގެ ހިންގުން ފުޅާކުރުމަށް އޭގެ އޮނިގަނޑާމެދު ފުންކޮށް ވިސްނަވަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ލޯކަލް ގަވަރނަންސް މިނިސްޓްރީއާއި ގައުމީ ޔުނިވަސިޓީއާ ހަވާލުކޮށްގެން ހިންގާ ދިރާސާގެ ބޭނުމަކީ ވެސް މިހާރު ހިންގާ ހަރަދު ބޮޑު އޮނިގަނޑުގެ ބަދަލުގައި ހިންގުމުގެ ހަރަދު މެނޭޖުކޮށް ރައްޔިތުންނަށް ބޭނުންވާ އެހެން ކަންކަން ހާސިލުކުރާނެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތެއް ހޯދުން ކަމުގައެވެ. އަދި އާބާދީ ކުޑަ ރަށެއް ނަމަވެސް ވަރަށް ގިނަ މީހުން އިންތިޚާބުކޮށްގެން ވަރަށް ގިނަ ޚަރަދުތައް ކުރަންޖެހޭ ގޮތަށް ނިޒާމު ބައްޓަ ކުރުމުން އެންމެ އެދޭ ނަތީޖާ ނުފެންނަ ކަމަށެވެ.

އެގޮތުން ހިޔާލުފުޅެއް ދެއްވަމުން ވިދާޅުވީ 3000 މީހުން ހަމަނުވާ ރަށްރަށުގައި 3 ކައުންސިލަރުން ތިއްބެވުމަށެވެ. 

މިއީ މީގެކުރިން 2014 ވަނަ އަހަރު އަދި 2017 ވަނަ އަހަރު ކައުންސިލުން އިންތިހާބު ކުރި އަދަދެވެ. އާބާދީއަށް ރިއާޔަތްކޮށް 5 ނުވަތަ 7 އަށް ބަދަލުކުރީ 2021 ގައެވެ.

ރައީސްގެ ހިޔާލުފުޅަކީ ތިން ކައުންސިލުން އިންތިޚާބުކުރާއިރު އެއް ކައުންސިލަރގެ މަގާމު އަންހެނުންނަށް ޚާއްސަ ކުރުމަށާއި ޒުވާނުން ތަމްސީލު ކުރަން އެއް މަގާމު އަދި ދެން އިންތިޚާބު ކުރާނީ ކައުންސިލުގެ ރައީސެވެ.

މި ހިޔާލުފުޅުތައް ހުށަހެޅުއްވި ނަމަވެސް ފަހުގެ ނިންމުން ނިންމާނީ ކައުންސިލްތަކާއި މިނިސްޓްރީ އަދި ގައުމީ ޔުނިވާސިޓީގެ ދިރާސާއަށްފަހު އޭގެ އަލީގައި ކަމަށް ރައީސް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް