ads
ވޯޓު ގުނަން ފަށައިފި
މާލެ ސިޓީ ކައުންސިލް ބައި-އިލެކްޝަން ހިމެނޭހެން 5 ބައި-އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި
މާލެ ސިޓީގެ ތިން ދާއިރާއެއްގެ ބައި-އިލެކްޝަނާއި އިތުރު ތިން ކައުންސިލެއްގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
Advertisement

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށްގެންދަނީ މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެންބަރު، މައްޗަންގޮޅި މެދު ދާއިރާ މެންބަރު، ހެންވޭރު ހުޅަނގު ދާއިރާ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކާއި ފ.ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރާއި، ރ.ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކެވެ.

މި އިންތިޚާބުތަކުގައި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވާ ގޮތް:

1. މައްޗަންގޮޅި މެދު ދާއިރާ:

ކެންޑިޑޭޓު ނަންބަރު 1 – ފާތިމަތު އިޝާން ޢަލީ، އައިނާއެޑަމްސް (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް)

ކެންޑިޑޭޓު ނަންބަރު 2 – ޙައްވާ ޝިފާނާ، މއ. ރިހިރާޅު (ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ)

2. ހެންވޭރު ހުޅަނގު ދާއިރާ:

ކެންޑިޑޭޓު ނަންބަރު 1 – ފާތިމަތު ޝައުފާ ސަލީމް، ހ.އިސްފަހާން (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް)

ކެންޑިޑޭޓު ނަންބަރު 2 – މުޙައްމަދު ޢަލީ ޖިނާދު، ހ.ގްރީންޒެސްޓް (ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ)

3. ހުޅުމާލެ ދާއިރާ މެންބަރު:

ކެންޑިޑޭޓު ނަންބަރު 1 – ޢަލީ އައިމަން، ހ. ފުޖޭރާ (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް)

ކެންޑިޑޭޓު ނަންބަރު 2 – އަޙްމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު 3 (ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ)

4. ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު :

ކެންޑިޑޭޓު ނަންބަރު 1 – ޝަމްނޫޒް މުޙައްމަދު ނަޢީމް، ފަގުޑި/ ހދ.ކުޅުދުއްފުށި، (ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ)

ކެންޑިޑޭޓު ނަންބަރު 2 – އިބްރާހީމް އަޙްމަދު، ވަވަތި / ހދ.ކުޅުދުއްފުށި، (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް)

5. ބިލެތްދޫ ކައުންސިލްގެ ރައީސް:

ކެންޑިޑޭޓު ނަންބަރު 1 – އަރީޙް އިސްމާޢީލް، ސާމަރާމަންޒިލް/ފ.ބިލެތްދޫ، (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް)

ކެންޑިޑޭޓު ނަންބަރު 2 – ޝާއިލް މާހިރު، ރަތްވިލާގެ / ފ.ބިލެތްދޫ، (ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ)

6. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު:

ކެންޑިޑޭޓު ނަންބަރު 1 – ޝަމްލާ ވާފިރު، މުރިނގު / ރ.ރަސްމާދޫ، (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް)

ކެންޑިޑޭޓު ނަންބަރު 2 – ޢާއިޝާތު ޝަރަފިއްޔާ، ނޫރާނީގެ / ރ.ރަސްމާދޫ، (އަމިއްލަގޮތުން)

މި އިންތިޚާބުތަކުގައި ވޯޓުލުމަށް ޖުމްލަ 25 ފޮށި ބަހައްޓާފައިވެ އެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ވޯޓު ގުނަން ފަށާނެއެވެ.

ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް އީސީއިން ބުނެފައިވެ އެވެ. ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވާ ހޯމަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް