ads
އެންތަނީ
ޔުނައިޓެޑުން އެންތަނީ ލޯނަކަށް ދޫކޮށްލެވޭތޯ ބަލަނީ
ޔުނައިޓެޑުގެ އެންތަނީ މެތިއުސް، ލޯނަކަށް ގެންދާނެ ކްލަބެއް ވޭތޯ މެންޗެސްޓަރ ޔުނައިޓެޑުން ބަލަނަށް ފަށައިފިއެވެ.

އަޔަކްސްއިން މިދިޔަ ސީޒަންގައި ޔުނަައިޓެޑަށް ގެނައި ބްރެޒިލްގެ އެންތަނީ ގެންދާނެ ކްލަބެއް ވޭތޯ ޔުނައިޓެޑުން ބަލަމުންދާ ކަމަށް އީއެސްޕީއެނުންވަނީ ރިޕޯޓްކޮށްފައެވެ. ހަފްތާއަކު 70،000 ޕައުންޑްގެ މުސާރައެއްދޭ އެންތަނީ ގެންދާނެ ކްލަބެއް ވޭތޯ ބަލަމުންދާއިރު، މިހާރު ދެމުންގެންދާ މުސާރަ ދޭނެ ކްލަބެއް ވެއްޖެ ނަމަ ލޯނު އުސޫލުން އެންތަނީ ދޫކޮށްލަން ޔުނައިޓެޑުން ބޭނުންވެއެވެ. 

އެންތަނީ ޔުނައިޓެޑަށް ބަދަލުވީ ސަތޭކަ މިލިއަން ޔޫރޯގެ ފީއަކަށެވެ. އެކަމަކު އެވަރުގެ ބޮޑު އަގަކަށް ގެނައި ކުޅުންތެރިޔާގެ ފަރާތުން އެދެވޭ ކުޅުމެއް މުޅި ސީޒަންގައިވެސް ފެނިފައެއް ނުވެއެވެ. އެހެންކަމުން އޭނާ ލޯން އެއްބަސްވުމެއްގެ ދަށުން ދޫކޮށްލަން ޔުނައިޓެޑުން ނިންމީ، އަލުން ޓީމު ގަދަކުރުމަށް ކުރާ މަސައްކަތުގެ ތެރެެއިންނެވެ. 

ޔުނައިޓެޑު ކުރިއަށް އޮތް ސީޒަނަށް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް ދެ ކުޅުންތެރިއަކު މުޅިން އަލަށް ގެނެސްފައިވާއިރު، ބައެއް ކުޅުންތެރިންވަނީ ދޫކޮށްލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް