ads
ޝުޖާއާ އައިމަން
ޝުޖާއު އިން ގޮނޑި ޕީއެންސީ ކެންޑިޑޭޓް އައިމަނަށްް
މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ބޭއްވި ބައި އިލްކެޝަނުގައި ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ގޮނޑި ޕީއެންސީ ކެންޑިޑޭޓް އަލީ އައިމަން ކާމިޔާބުކޮށްފިއެވެ.

ކައުންސިލްގެ މި ގޮނޑިއަށް ދެން ވާދަކުރީ އެމްޑީޕީގެ ފަރާތުން އަހްމަދު ރަޝީދު (ތުތީ) އެވެ. 

މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގ އިތުރުން ހުސްވެފައިވާ 2 ދާއިރާއަކަށް މިއަދު ބައި އިލެކްޝަން ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ތިން ދާއިރާއަށް ވެސް ވާދަކުރީ އެމްޑީޕީއާ ޕީއެންސީ ކެންޑިޑޭޓުން އެކަންޏެވެ.  

އެ ދާއިރާތަކަކީ މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާއެވެ.

މިއަދުގެ އިންތިހާބަށް އެއްވެސް ތަރުހީބެއް ލިބިފައި ނުވެއެވެ. ވޯތްލުމުގެ ވަގުތު ހަމަވިއިރު ވޯޓްލާން ނުކުތީ އެންމެ 3528 މީހުންނެވެ. އިންތިހާބުގައި ވޯޓްކުމުގެ ހައްގު 13،112 މީހުންނަށް ލިބެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ އިތުރުން ފ.ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރާއި، ރ.ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓްލުންވެސް މިއަދި ވަނީ ކުރިޔަށް ގެންގޮސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް