ads
މާލޭ ސިޓީ ކައުންސިލުން ހުއްވި ތިން ގޮނޑި ކާމިޔާބުކުރި ކެންޑިޑޭޓުން
މާލޭ ސިޓީގެ 3 ގޮނޑިވެސް ވެރިކަންކުރާ ޕީއެންސީއަށް
މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑިވެސް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

މިއަދު ބޭއްވި ބައި އިލެކްޝަންގައި މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ހުޅުމާލެ ދާއިރާ، މައްޗަންގޮޅު މެދު ދާއިރާ އަދި ހެންވޭރު ހުޅަންގު ދާއިރާއަށް  ޕީއެންސީއާ ވާދަކުރީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއެވެ. 

މި ތިން ދާއިރާގެ ގޮނޑިވެސް ވެރިކަން ކުރާ ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އިންތިހާބުގެ ނަތީޖާ އަދި އެއްކޮށް ލިބިފައެއް ނުވެއެވެ. 

މިއަދުގެ އިންތިހާބަށް އެއްވެސް ތަރުހީބެއް ލިބިފައި ނުވެއެވެ. ވޯތްލުމުގެ ވަގުތު ހަމަވިއިރު ވޯޓްލާން ނުކުތީ އެންމެ 3528 މީހުންނެވެ. އިންތިހާބުގައި ވޯޓްކުމުގެ ހައްގު 13،112 މީހުންނަށް ލިބެއެވެ.

ގޮނޑިތައް ކާމިޔާބުކުރި ކެނޑިޑޭޓުން 

  • މައްޗަންގޮޅި މެދު ދާއިރާ / ފާތިމަތު އިޝާން އަލީ، އައިނާއެޑަމްސް (ޕީއެންސީ)
  • ހެންވޭރު ހުޅަނގު ދާއިރާ / ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާން (ޕީއެންސީ) 
  • ހުޅުމާލެ ދާއިރާ  ދާއިރާ / އަލީ އައިމަން، ހ. ފުޖޭރާ ( ޕީއެންސީ) 

މާލޭ ސިޓީ ކައުންސިލުން ދާއިރާއެއްގެ ގޮނޑިތަކެއް ހުސްވެފައިވަނީ އެ ދާއިރާތަކުގައި ތިއްބެވި މެމްބަރުން 20 ވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބުވުމުންނެވެ.  

ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑީގައި އިންނެވި އަހްމަދު އައިފާން ވަނީ ރައްޔިތުން މަޖިލީހުގައި ތަމްސީލުކުރައްވަނީ ހެންވޭރު އުތުރު ދާއިރާއެވެ. މައްޗަންގޮޅި މެދު ދާއިރާ ގެ މެމްބަރު މޫސާ ޒަމީރު މަޖލީހުގައިވެސް ތަމްސީލުކުރައްވަނީ ހަމަ އެ ދާއިރާއެވެ. ހުޅުމާލެ ދާއިރާގެ ހުންނެވި އިބްރާހިމް ސުޖާއު މަޖލީހުގައި ތަމްސީލުކުރައްވަނީ އޭނާގެ އުފަން ރަށް ހިމެނޭ ބާރަށު ދާއިރާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް