ads
އަންހެން ޓީމުގެ ބައެއް މެންބަރުން
ތިންވަނަ މެޗުންވެސް ޒުވާން އަންހެން ޓީމު ބަލިވެއްޖެ
މާލޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ އަންހެނުންގެ ސެންޓްރަލް އޭޝިއަން ޒޯން (ކާވާ) ވޮލީ މުބާރާތުގައި ދިވެހި ޒުވާން އަންހެން ޓީމު ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެއްޖެއެވެ.

ކާވާ ވޮލީ މުބާރާތުގައި ދިވެހި ޒުވާން އަންހެން ޓީމު ކުޅުނު ތިންވަނަ މެޗުން މިއަދު ހަވީރު ބަލިވީ ނޭޕާލް އަތުންނެވެ. ނޭޕާލް އަތުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މިއީ ނޭޕާލުން މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ.

ރާއްޖެއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން އަދި ދެ ވަނަ މެޗުގައި ސްރީ ލަންކާ އަތުންވެސް ބަލިވީ ސީދާ ތިން ސެޓުންނެވެ.

ހަތަރު ޓީމު ކުޅޭ ލީގު ބުރަށް ފަހު، ރޭންކިން އަށް ބަލާފައި ހަތަރު ޓީމު ސެމީގައި ކުޅެން ޖެހޭ ތަރުތީބު ކަނޑައެޅޭނެއެވެ. މި މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެއިން ނުކުންނަން ޖެހޭނީ ގްރޫޕް ސްޓޭޖުގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ. އެ ޓީމު އެނގޭނީ މިރޭ ކުޅޭ ސްރީ ލަންކާ އާއި ކިރްގިސްތާން މެޗުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް