އެ އިދާރާއިން ބުނީ އުދައަަރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ސަމާލު ނެރެފައިވަނީ ކ އަތޮޅުގެ ފެށިގެން އެންމެ ދެކުނުން އައްޑޫ ސިޓީއާގެ ރަށްތަކާއި ހަމައަށެވެ.
މެޓް އޮފީހުން ބުނީ އުދައަރާނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރު 13:15 އިން ހަވީރު 17:15 އާއި ދެތޭރެކަމަށެވެ.
މާލޭގެ އެކި ހިސާބުތަކަށްވެސް އަންނަނީ އުދައަރަމުންނެވެ. މިގޮތޮން ލޮނުޒިޔާރަތްކޮޅު ސަރަހައްދާއި މާލޭ ސްްވިމިން ޓްރެކް ހިމެނޭ ސަރަހައްދަށް މިއަދު އަންނަނީ އުދައަރަމުންނެވެ.