ads
މޯލްޑިވްސް ފައިނޭންސް ފޯރަމް 2024ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކުރުން -- ފޮޓޯ/ ދިރާގު
މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މޯލްޑިވްސް ފައިނޭންސް ފޯރަމް 2024ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

މިއީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފިސް) އިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ. 2012 ވަނަ އަހަރުން ފެށިގެން ބާއްވާ މި އިވެންޓަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ބާއްވާ އަހަރީ ފައިނޭންސް ފޯރަމެވެ.

މި އިވެންޓްގައި ރާއްޖޭގެ މާލީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމާ ގުޅޭ އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާބެހޭ ފަރާތްތަކާއި ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.

ދިރާގުގެ ފައިނޭންޝަލް ކޮންޓްރޯލާ އާދަމް އާތިފް ވިދާޅުވީ، ޕެންޝަން އޮފީހާ ގުޅިގެން މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާރޓްނަރަށް އަނެއްކާވެސް ވުމަކީ އެ ކުންފުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ދެމެހެއްޓެނިވި މާލީ އަދި އިޖުތިމާއީ ކުރިއެރުމަށް އެކި ތަޖުރިބާކާރުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް އެންމެ ފަހުގެ މައުލޫމާތު ދެނެގަތުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެގޮތުން މި މުހިންމު އިވެންޓަށް ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުންދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އާތިފް ވިދާޅުވި އެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އަސާސީ ދާއިރާތަކާއި ހިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް