މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް މިއަދު ވެސް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ ސަމާލުވުމަށް އެދިފަ އެވެ.
މެޓް އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއިވދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މާލޭގެ އެކި ހިސާބުތަކަށް އިއްޔެ ވެސް ވަނީ އުދަ އަރައިފަ އެވެ. އެގޮތުން ލޮނުޒިޔާރަތްކޮޅު ސަރަހައްދާއި މާލޭ ސްްވިމިން ޓްރެކް ހިމެނޭ ސަރަހައްދަށް އުދަ އަރާފައިވެ އެވެ.