ads
ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު މުހައްމަދު
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މާނިއު މަގާމުން ވަކިކޮށްފި
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ޔޫސުފް މާނިއު މުހައްމަދު ވަކިކޮށްފި އެެވެ.

ކަސްޓަމްސްގެ ވެރިއަކަށް މާނިއު އައްޔަންކުރައްވާފައިވަނީ 2023 ނޮވެމްބަރު 20 ވަނަ ދުވަހުއެވެ.

މާނިއުގެ ބަދަލިގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޅ. ހިންނަވަރު ސަންދުރަ، ފާތިމަތު ދިޔާނާ، ވަނީ މިއަދު އައްޔަނު ކުރައްވައިފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ލޯ އެންފޯސްމަންޓް ބޮޑީއެއްގެ އެންމެ އިސް މަގާމަށް ކަނބަލެއް އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކަސްޓަމްސްގެ 134 އަހަރުގެ ދިގު ތާރީޚުގައި ވެސް އެ ތަނުގެ އެންމެ އިސް މަގާމު ކަނބަލެއް ފުރުއްވާފައެއް ނުވެއެވެ.

ކަސްޓަމްސްގެ ކޮމިޝަނަރުކަމުން މާނިއު ވަކިކޮށްފައި މިވަނީ، މަގާމުގައި ހުންނަވައިގެން ދެއްކެވި ގިނަ ވާހަކަތަކަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

އެގޮތުން ކަސްޓަމްސް އިން އަތުލާ މަސްތުވާތަކެތި ފުލުހުންނާ ހަވާލުނުކޮށް، އެ އިދާރާއިން އެތަކެތި 24 ގަޑީރުގެ ތެރޭގައި ނައްތާލަން ބޭނުންވާ ކަމަށް މި ފަހުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކޮމިޓީގައި މާނިއު ވިދާޅުވުމުންވެސް ފާޑުކިޔުން އަމާޒުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް