ads
އަހްމަދު ޝާކިރު
ޝާކިއްޓޭއާއެކު ޒުވާން ޓީމުގެ ޕްރެކްޓިސް ފަށައިފި
ސާފް 20 އަހަރުން ދަށުގެ މުބާރާތާއި، އޭޝިއަން ކަޕް ކޮލިފައިން 20 އަހަރުން ދަށުގެ މެޗުތަކަށް ޒުވާން ގައުމީ ޓީމު، އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ ކޯޗުކަމުގެ ދަށުން ޕްރެކްޓިސް ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާކިއްޓޭގެ ބެލުމުގެ ދަށުން 30 ކުޅުންތެރިންގެ ސްކޮޑެއް އަންނަނީ މިހާރު ޕްރެކްޓިސް ކުރަމުންނެވެ. މި ސްކޮޑުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މީގެ ދުވަސްކޮޅެއް ކުރިން ނިމުނު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ކުޅުންތެރިންނެވެ. 

މި 30 ކުޅުންތެރިންގެ ސްކޮޑު ފައިނަލް ކުރާނީ، ސާފް ޗެމްޕިއަންޝިޕާ ގާތްކޮށްފަ އެވެ. ސާފް ޔޫތު މުބާރާތް އޮތީ އޮގަސްޓް މެދު ތެރޭ ނޭޕާލުގައެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ، އިންޑިއާ އާއި ބޫޓާނާ އެކު ގްރޫޕް ބީގަ އެވެ. އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ބުރު މި އަހަރު ކުރިއަށްދާއިރު، ކޮލިފައިން މެޗުތައް ކުޅެން ޖެހެނީ ސެޕްޓެމްބަރު 21-29 އަށެވެ. އެ މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ، ގްރޫޕް އެފްގަ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ، އިންޑޮނީޝިއާ، ޓިމޯ ލެސްޓޭ އަދި ޔަމަން އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް