ads
ސެމީ މެޗުންވެސް ޒުވާން ވޮލީ ޓީމު ބަލިވެއްޖެ
ސެމީ މެޗުންވެސް ޒުވާން ވޮލީ ޓީމު ބަލިވެއްޖެ
ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ 20 އަހަރުން ދަށުގެ ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުންވެސް ދިވެހި އަންހެން ޒުވާން ޓީމު ބަލިވެއްޖެއެވެ.

ލަންކާ އަތުން ސެމީ ފައިނަލުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގެ ގްރޫޕު ބުރުގައި ކުޅުނު ތިން މެޗުންވެސް ރާއްޖެވަނީ ބަލިވެފައެވެ. ތިން މެޗުންވެސް ބަލިވީވެސް ސީދާ ތިން ސެޓުންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ލަންކާ ވާދަކޮށްފައިވަނީ ހަތަރު ޓީމު ވާދަކުރާ މުބާރާތުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ރާއްޖެ ވާދަކޮށްފައިވަނީ ހަތަރުވަނައިގައި ހިމެނިފައިވުމުންނެވެ މެޗުގެ ސެޓުތައް ލަންކާއިން ކާމިޔާބުކޮށްފައިވަނީ 25-09 ، 25-08 އަދި 25-07 އިންނެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ކިރްގިސްތާނާއި ނޭޕާލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް