ads
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހަވާލުކުރުން. ފޮޓޯ: ހައުސިންގ މިނިސްޓްރީ
ބިންވެރިޔާ ސްކީމް: މިހާތަނަށް 624 ގޯތި ހަވާލުކޮށްފި
ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު 18 ގޯތި, އެ ގޯތީގެ ވެރިފަރާތާއި ހަވާލުކުރެވިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މިއަދު ބުނެފި އެވެ.
Advertisement

މިނިސްްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައ ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު 18 ގޯތި އެ ގޯތީގެ ވެރިފަރާތާއި ހަވާލުކުރެވިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި 2023 ވަނަ އަހަރު 465 ބިން ދޫކޮށްފައިވެއެވެ. އަދި މިއަހަރު 159 ބިން ދޫކޮށްފައިވެއެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 624 ގޯތި ވަނީ ހަވާލުކުރެވިފައެވެ.

''ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު ވަނީ 18 ގޯއްޗެއް އެ ގޯތީގެ ވެރިފަރާތާއި ހަވާލުކުރެވިފައި. އަދާހަމައަށް ޖުމުލަ 624 ގޯއްޗެއް ވަނީ ހަވާލުކުރެވިފައި.''

ހުޅުމާލެއިން ޖުމްލަ 1,408 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހަވާލުނުކުރެވިފައިވަނީ 784 ގޯއްޗެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ޖުމްލަ 23،088 މީހުން ހުށަހެޅިއެވެ. އޭގެ ތެރެއިން 19,000 ގިނަމީހުން ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާކަމަށް ކުރީ ސަރުކާރުން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް