ads
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު
ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކަށްް ރައްޔިތުންގެ ހިޔާލު ހޯދަނީ
ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަަކަށް ރައްޔިތުންގެ ހިޔާލު ހޯދާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާފަމް ޝަރިފު އުމަރު ވިދާޅުވެއްޖެއެވެ.
Advertisement

ވަޒީރު އާދަމް ޝަރީފު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެކަމާއި ބެހޭ ދިރާސާއެއް މިހާރު ގައުމީ ޔުނިވާސިިޓީން ހަދަމުން އަންނަކަމަށެވެ. އެ ދިރާސާގެ ނަތީޖާ ލިބޭ ހިސާބުން އެކަމުގައި ރައްޔިތުންހެ ހިޔާލު ހޯދާ މަޝްވަރާކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ. އަދި މި މަސައްކަތް ޔުނިވާސިޓީން ހަދަމުން އަންނަ ދިރާސާ ނިމޭ ދުވަހަށް ފެށޭވަރު ވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

" އަޅުގަނޑުމެންގެ އަމާޒަކީ ލާމަރުކަޒީ މުޅި ނިޒާމަށްް ގެންނަން ޖެހޭ ބަދަލުތައް އަދި ހާއްސަ ގޮތެއްގައި ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ދެނެ ގަނެ އެކަމުގައި ރައްޔިތުންނަށް ފެންނަ ފުރިހހަމަ ހިޔާލުތައް ފުޅާ ދާއިރާއެއްގައި ހޯދުމުގެ މަސައްކަތް ކުރުން." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ހަވާލުވެ ހުންނެވި ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަސް ބަދަލު ގެނެސް ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ރަށްްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރާނެކަަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން 3000 ވުރެ ކުދި އާބާދީތަކުގެ ރަށްރަށުގައި ކައުންސިލަރުންގެ އަދަދު ތިނަކަށްް ބަދަލުކުރައްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ތިން ކައުންސިލުން އިންތިޚާބުކުރާއިރު އެއް ކައުންސިލަރުގެ މަގާމު އަންހެނުންނަށް ހާއްސަ ކުރުމަށާއި ޒުވާނުން ތަމްސީލު ކުރަން އެއް މަގާމު އަދި ދެން އިންތިހާބު ކުރާނީ ކައުންސިލުގެ ރައީސްކަމަށެވެ. 

ލާމަރުކަޒީ ނިޒާމުގެ ގެނައުމުގައި މަސައްކަތް ކުރެއްވި ބައެް ފަރާތްތަކުގެ ހިޔާލު މިކަމާއި ދެކޮޅެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި ތިން ކައުންސިލަރުން ބޭއްތިއްބުމުން އެކަކު މަދުވިޔަސް ކައުންސިލެއް ނުހިނގާނެއެވެ. އަދި ތިން މީހުން ބޭއްތިއްބުމެކޭ ކުރީގަ ހުންނަހެން ކަތީބަކު ބެހެއްޓުމެކޭ އެއްގޮތް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް