ads
މިނިސްޓަރު ޒަމީރު ސީއައިޑީސީއޭގެ ޗެއާމަނާ ބައްދަލު ކުރެއްވުން. ފޮޓޯ: ފޮރިން މިނިސްޓްރީ
މިނިސްޓަރު ޒަމީރު ސީއައިޑީސީއޭގެ ޗެއާމަނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފި
މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ)ގެ ޗެއަރމަން ލުއޯ ޒައޯހުއީ އާ ބައްދަލު ކުރައްވައިިފި އެވެ.

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިންމު އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފަ އެވެ. 

މި ބައްދަލުކުރެއްވުމުގައި ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސީއައިޑީސީއޭ އާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެއްބާރުލުން ދިނުމުގެ އާ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އަދި ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިގުތިސާދީ ކުރިއެރުން އިތުރުކޮށް، ދިވެހި ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއުތައް ވަގުތުން ހިންގުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން ވެސް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް، މުސްތަގުބަލުގައި ދެ ގައުމަށް ފައިދާހުރި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެެއްވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް ޑރ.މުޙައްމަދު ޝަފީގާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބާއި، ދިވެހި ސަރުކާރުގެ އިސް ވެރިންނާއި، ޗައިނާގައި ހުންނަ ދިވެހި އެމްބަސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. 

މި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު ޒަމީރު ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ "ލެޓާސް އޮފް އެކްސްޗޭންޖް އޮން ދަ ފީސިބިލިޓީ ސްޓަޑީ ފޮރ ދަ ރީޑިވެލޮޕްމަންޓް އޮފް މާލެ އެންޑް ވިލިމާލެ ރޯޑްސް ޕްރޮޖެކްޓް" ގައި ސޮއިކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް