މުސާރަ ކުޑަވުމުން މުވައްޒަފުން ނުލިބުމުގެ ދަތިކަން ބޮޑު: އެޗްއާރްސީއެމް
ސީއެންއެމް ނިއުސް ޓީމް
23 ޖުލައި 2024 - 17:26:29
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ ސަބަބުން މުވައްޒަފުން ނުލިބުމުގެ ދަތިކަން ވަރަށް ބޮޑު ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެޗްއާރުސީއެމް އިން މިހެން ބުނީ، އެ ކޮމިޝަންގެ އިސްވެރިން މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް ދެއްކެވި ވާހަކައިގަ އެވެ.
އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެޗްއާރުސީއެމްގެ ރައީސް މަރިޔަމް މުނާ ވިދާޅުވީ، އެ ކޮމިޝަންގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެންނަތާ ނުވަތަ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުލިބޭތާ 12 އަހަރު ވެފައިވާ ކަމަށެވެ.
''އަޅުގަނޑުމެން ސިވިލް ސާވިސްއާ ކޮމްޕެއާ ކޮށްލާ ނަމަ، ބޮޑު މުސާރަތަކެއް ހުއްޓަސް، އެހެނިހެން މިނިވަން މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑުތަކަށް ވޭތުވެދިޔަ ތަނުގައި އައި ބަދަލުތަކާ އަޅާ ބަލާއިރު ކޮމިޝަންގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ކަހަލަ ބަދަލެއް ނާދޭ'' މުނާ ވިދާޅުވި އެވެ.
މުނާ އިތުރަށް ވިދާޅުވީ، މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި އުފެދުނު އެހެން މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ އެޗްއާރުސީއެމްއަށްވުރެ ބޮޑު ކަމަށާއި، މިކަމުގެސަބަބުން މުވައްޒަފުން ނުލިބުމާއި ކޮމިޝަނުގައި ތިބި މުވައްޒަފުން އެހެން މުއައްސަސާތަކަށް ބަދަލުވަމުންދާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް