ads
2022 ގައި ބޭއްވި ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި މެރިން ރިސާޗް ސެންޓަރުގެ ޝަފިއްޔާ ނައީމް ވާހަކަ ދައްކަވަނީ. ފޮޓޯ: މެރިން ރިސާޗް އިންސްޓިޓިއުޓް
މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް މާދަމާ ފަށަނީ
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވަމުން ގެންދާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް މާދަމާ ފަށަން ނިންމައިިފި އެވެ.
Advertisement

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވަމުން ގެންދާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް މާދަމާ ފަށަން ނިންމައިިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މި ސިލްސިލާގެ ފަސްވަނަ ސިމްޕޯސިއަމް މާދަމާއިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙުމަދު ޝިޔާމް ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގައި ކުރިއަށްގެންދާ މި ސިމްޕޯސިއަމަށް ހުށަހަޅާ ދިރާސާތަކުގެ މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން، މިއިވެންޓް އޮންލައިންކޮށް ބެލޭނޭ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މި ސިމްޕޯސިއަމްގެ އަމާޒަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުމެވެ.

މިނިސްޓްރީން ބުނި ގޮތުގައި މާދަމާ ބާއްވާ މިސިމްޕޯސިއަމްގައި މިއަހަރު ހުށަހެޅުމަށް ހަމަޖެހިފައިވާ ޖުމްލަ 63 ދިރާސާގެ ތެރޭގައި 35 ޕްރެޒެންޓޭޝަނާއި 28 ޕޯސްޓަރު ހިމެނެ އެވެ. އަދި ހުށަހެޅިފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ހަ ދާއިރާއަކަށް ކަމަށެވެ.

މި ދާއިރާތަކަކީ: 

ކޮރަލްސް އެންޑް ރީފް އިކޮލޮޖީ

ފިޝަރީޒް އެންޑް އެކުއަކަލްޗަރ

ޝާރކްސް އެންޑް ރޭސް

އަދަރ މެރިން މެގަ-ފައުނާ

މެންގްރޫވްސް އެންޑް ސީ ގްރާސެސް

މިސެލޭނިއަސް މެރިން ތީމްސް

މިނިސްޓްރީން ބުނީ މި ސިމްޕޯސިއަމްގައި ދިވެހިރާއްޖޭގައި ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވަރސިޓީތަކުން ކޮށްފައިވާ ދިރާސާތައް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، ސިމްޕޯސިއަމް ހިންގާ ފަރާތްކަމުގައިވާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިގޮތުން ގިނަ އަހަރުތަކަކަށްފަހު މޯލްޑިވްސް މެރިން ރިސާރޗް ބުލެޓިން އަލުން އިއާދަކުރުމަށް ބުލެޓިންގެ 9 ވަނަ އަދަދު ނެރުމާއި އިންސްޓިޓިއުޓަށް ރިސާރޗް ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް