ads
ބައްސާމް އަދީލް ޖަލީލް
އެންމެ ފަހުން އެފްއޭއެމް ނޯމަލައިޒް ކުރަން ފީފާއިން ނިންމައިފި
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑް ކުރުމަށް ފަހު، ފީފާއިން އެންމެ ފަހުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރަން ނިންމައިފިއެވެ.

ފީފާއިން  އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރަން މި ނިންމީ، އިންތިހާބުވެސް ހުއްޓުވައި އަދި ރައީސްކަމުގެ މަގާމުގައި ހުރި ބައްސާމް ސަސްޕެންޑް ކުރުމަށް ފަހުއެވެ.

އަދި ފީފާގެ ޓީމެއް މާލެ އައިސް އެފްއޭއެމްގެ ކަންތައްތައްވަނީ ބަލައިފައެވެ. މި ޓީމުން ކްލަބުތަކާ ސަރުކާރާ އަދި ގުޅުންހުރި އެހެން އިދާރާތަކާވެސް މަޝްވަރާ ކުރިއެވެ.

ފީފާ އިން ބުނީ، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ، އެ އެސޯސިއޭޝަންގެ ގަވަރްނަންސްގެ މައްސަލަތަކާއި މާލީ ގޮތުން އިންތިހާ އަށް ދަށަށް ގޮސްފައިވާތީ، އެކަންކަން ހައްލުކޮށް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އަންނަ އަހަރުގެ ޖުލައި 31 އަށް ނޯމަލައިިޒިން ކޮމިޓީ އަށް މުއްދަތު ދީފައިވީ ނަމަވެސް، އެ ކޮމިޓީއާ ހަވާލުކުރެވޭ މެންޑޭޓްގެ ތެރެއިން ކަންތައްތައް ފުރިހަމަވިހާ އަވަހަކަށް ކޮމިޓީގެ ދައުރު ހަމަވާނެ އެވެ. އެކަމަކު، އެކަން ކުރަން އެންމެ ފަހުގެ މުހުލަތަކީ، އަންނަ އަހަރުގެ ޖުލައި 31 ކަމަށް ފީފާ އިން މި ވަނީ ކަނޑައަޅައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް