ads
ޖޮބް ސެންޓަރ
ނޭޝަނަލް ޖޮބް ސެންޓަރ ގެ ނަން "ނޭޝަނަލް ކެރިއަރސް ސަރވިސް" ގެ ނަމަށް ބަދަލުކޮށްފި
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ "ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަން "ނޭޝަނަލް ކެރިއަރސް ސަރވިސް" ގެ ނަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މި ބަދަލު ގެންނަވާފައިވާކަން ހާމަކުރައްވާފައިވަނީ ރައީސްގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގަ އެވެ.

ދެންނެވުމުގައިވާ ގޮތުން ރައީސް މި ބަދަލުގެންނަވާފައިވަނީ 23 ޖުލައި ވީ އަންގާރަ ދުވަހު އެވެ.

މި ބަދަލު ގެންނެވުމާއެކު ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި ނޭޝަނަލް ކެރިއަރސް ސަރވިސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 490 ކަމަށް ދެންނެވުމުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް