ads
މުރައިދޫގޭގެ މަގާމުތައް ބަދަލުކޮށް އަބްދުއްރަހީމް ބަދަލުވަނީ
ރައްޔިތުން މަޖިލީހުގެ ރައީސަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅު މުރައިދޫގެއަށް ބަދަލުވާން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފިއެވެ.

އަބްދުއްރަހީމް ވަނީ މުރައިދޫގެއަށް ބަދަލުވެޑައިގަތުމުގެ ކުރިން އެ ގެކޮޅުގައި މިހާރު ހުރި ބައެއް މަގާމުތަކަށް ބަދަލު ގެންނަވަން މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށައަޅުއްވާފައެވެ. 

އަބްދުއްރަހީމް ހުށަހެޅުއްވާފައިވަނީ މުރައިދޫގޭގެ އެއް މަގާމެއްގެ ނަން ބަދަލުކުރާށެވެ. އަދި ހަތަރު މަގާމެއް އުވާލުމަށް ފަހު، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ. އަބްދުއްރަހީމް އެދިވަޑައިގެން ގޮތަށް ކޮމެޓީން ވަނީ ފާސްކޮށްދީފައެވެ. 

މަޖީލީހުގެ ރައީސްގެ ހައިސިއްޔަތުން މުރައިދޫގޭގައި އެންމެ ފުރަތަމަ އުޅުއްވީ ރައީސް މުހައްމަދު ނަޝީދުއެވެ. އެގެކޮޅު މަޖިލީހުގެ ރައީސަށް ހާއްސަ ކުރީ  މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ކަންކަން ވަރުގަދަކުރުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް