ads
ކަލަފިއޯރީ
ކަލަފިއޯރީ އާސެނަލްގެ މެޑިކަލްއަށް
އިޓަލީގެ ޒުވާން ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ އާސެނަލްއަށް ބަދަލުވުމުގެ ޑީލް ނިންމައި މެޑިކަލްއަށް ތައްޔާރުވެއްޖެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ކުޅުނު ކަލަފިއޯރީ ޔޫރޯ ނިންމާފައި އައީ ރާއްޖެއަށެވެ. އާސެނަލްގެ ޑީލް ކުރިއަށް ދިޔައިރު، އޭނާ ހުރީ ލޯބިވެރިޔާއާއެކު ޗުއްޓީއަށް އައިސް ހުރީ ރާއްޖޭގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާސެނަލްގެ ޕްރީ ސީޒަން ޓުއާގައި އޭނާ ބައިވެރިވާނެއެވެ. އާސެނަލްގެ ޕްރީ ސީޒަން ޓުއާ އޮތީ އެމެރިކާގައެވެ. އާސެނަލްއިން ކަލަފިއޯރީގެ ޑީލް ނިންމީ، އޭނާ ހޯދުމަށް ކުރިން ޕީއެސްޖީއާ، ޗެލްސީ އަދި ބެޔާ ލެވަކޫސަނުންވެސް ޝައުގުވެރިވެފައިނިކޮށެވެ.  

ކަލަފިއޯރީއަކީ އިޓަލީގެ ރޯމާގެ އެކަޑަމީ ގްރެޖުއޭޓެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް