ads
ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް
އެފްއޭއެމަށް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ލިބޭނެ
ފީފާއިން އެކުލަވާލަން ނިންމާފައިވާ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް ސަރުކާރުގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ސްޕޯޓްސް ކޮމިޝަނަރު ވިދާޅުވެއްޖެއެވެ.
Advertisement

އެފްއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކަށް، ގާތްގަނޑަކަށް އަހަރު ދުވަހުގެ މެންޑޭޓަކާއެކު ހަވާލު ކުރަން ފީފާއިން ނިންމީ އެފްއޭއެމްގެ އިންތިހާބު ހުއްޓުވުމަށް ފަހު، އެފްއޭއެމްގެ ރައީސް ކަމުގައި ހުރި ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްވެސް ކުރުމަށް ފަހުއެވެ.

ފީފާގެ މި ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވިދާޅުވީ އެފްއޭއެމް ނޯމަލައިޒްކުރުމަށް ފީފާގެ ކޮމިޓީން ނިންމި ނިންމުމަށް މަރުހަބާކިޔާ ކަމަށާއި ފީފާއިން އެކުލަވާލާ ނޯމަލައިޒިން ކޮމިޓީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އެފްއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ފީފާއިން ނިންމިކަން ހާމަކޮށްފައިވަނީ ރޭއެވެ. އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ، އެ އެސޯސިއޭޝަންގެ ގަވަރްނަންސްގެ މައްސަލަތަކާއި މާލީގޮތުން އިންތިހާއަށް ދަށަށް ގޮސްފައިވާތީ، އެކަންކަން ހައްލުކޮށް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށް ފީފާއިން ބުންޏެވެ.

އެފްއޭއެމުގެ ނޯމަލައިޒިން ކޮމިޓީގެ މުއްދަތަކަށް ލިޔެފައިވަނީ 31 ޖުލައި އެވެ. ނަމަވެސް ކޮމިޓީއާ ހަވާލުކުރެވޭ މެންޑޭޓްގެ ތެރެއިން ކަންތައްތައް ފުރިހަމަވިހާ އަވަހަކަށް ކޮމިޓީގެ ދައުރު ހަމަވާނެކަމަށް ލިޔެފައިވެއެވެ. ނޯމަލައިޒިން ކޮމިޓީގައި ހިމެނޭ މެމްބަރުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެ މަސައްކަތްކުރަމުން އަންނަކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނޯމަލައިޒިން ކޮމިޓީގެ މެމްބަރުން ނިންމާނީ ފީފާއާއި މިކަމާ ގުޅުންހުރި އެކި ފެޑެރޭޝަންތަކުން އެކަށީގެންވާ ރަނގަޅު ރިވިއުއެއް ކުރުމަށްފަހު ކަމަށް ބަޔާނުގައިވެއެވެ. މި މަސައްކަތަށް ފީފާއިން ވަނީ އެއް އަހަރުދުވަހުގެ މުހުލަތެއް ނޯމަލައިޒިން ކޮމިޓީއަށް ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް