ads
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މާނިއު އައްޔަންކުރެއްވި ދުވަހުގެ ފޮޓޯ އެއް
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން މާނިއު އިސްތިއުފާ ދީފި
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން މާނިއު އިސްތިއުފާ ދީފި އެވެ.

މާނިއު، ކަސްޓަމްސްގެ ވެރިޔާގެ މަގާމުން ވަކިކުރައްވާ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރެއްވީ މީގެ ދެ ދުވަސް ކުރީންނެވެ. މާނިއު ވަކި ކުރެއްވުމަށް ފަހު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ހަމަޖެއްސެވީ ޅ. ހިންނަވަރު ސަންދުރަ، ފާތިމަތު ދިޔާނާ އެވެ.

މާނިއު އިސްތިއުފާދިން ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، ސްޓޭޓް މިނިސްޓަރުކަމުން މާނިއު އިސްތިއުފާ ދީފައި ވާކަން ރައީސް އޮފީހުން ކަށަވަރުކޮށްދެ އެވެ.

ކަސްޓަމްސް ހިންގެވި ދުވަސްވަރު މާނިއުއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ކަސްޓަމްސްގެ ކާރުތަކެއްގައި ރަން ކުލަ ޖެއްސުމާއި އެ ނޫން ބައެއް ކަންކަމުގައި ހޫނު ފެނަށް ވެއްޓި ޕްރެޝަރު ވަރަށް ބޮޑުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް