އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބުކުރަންޖެހޭ މެންބަރު ހޮވުމަށް ވޯޓުލާފައިވަނީ އިއްޔެގެ 10:00 އިން 14:00 އަށެވެ. މި އިންތިހާބުގައި ވޯޓުލައިފައިވަނީ އޮންލައިންކޮށެވެ.
މި އިންތިހާބުގައި 18 ބޭފުޅަކަށް ވޯޓުލުމުގެ ހައްގު ލިބުުނުއިރު ވޯޓުލައިފައިވަނީ 15 ބޭފުޅުންނެވެ.
ލ.އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީއާ ވާދަކުރައްވައި ޝިޔާމް އިންތިހާބު ކާމިޔާބު ކުރެއްވީ ނުވަ ވޯޓުންނެވެ. އެއީ ވޯޓު ދެއްވި ބޭފުޅުންގެ %60 އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އިސްމާއީލް އަލީއަށް ލިބިވަޑައިގެންނެވީ ހަ ވޯޓެވެ. އެއީ ވޯޓު ދެއްވި ބޭފުޅުންގެ %60 އެވެ.
މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.