ads
އޮލިމްޕިކްސްއަށް ދިޔަ ދިވެހި އެތްލީޓުން
އޮލިމްޕިކްސްއަށް ދިޔަ ދިވެހި އެތްލީޓުން އެނގޭތަ؟
ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓް ފްރާންސަށް ފުރާފައިވާއިރު، މިއީ، 1988 ވަނަ އަހަރުން ފެށިގެން ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރަން ފެށި ފަހުން، އެންމެ ގިނަ ކުޅިވަރު ހިމެނޭ ގޮތަށް ރާއްޖޭން އޮލިމްޕިކްސްގައި ފެންނާނެ ފަހަރެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރަކުން ފަސް އެތްލީޓުން ވާދަކުރާނެއެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.

ޓޭބަލް ޓެނިސް، ފާތިމަތު ދީމާ އަލީ 

ދީމާއަކީ، އޮލިމްޕިކްސް އަށް ކޮލިފައިވެގެން، މުބާރާތުގައި ވާދަކުރާ ފުރަތަމަ ދިވެހި އެތްލީޓެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ހޯދާފައިވާ އެތުލީޓު، ދީމާ ވަނީ މީގެ ކުރިން، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ނިންމުމުގެ ރަސްމިއްޔާތާއި މިދިޔަ އަހަރުގެ އައިއޯއައިޖީގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ދިދަ އުފުލައިފަ އެވެ.

އޮލިމްޕިކް ކޮލިފައިންގައި ސްރީ ލަންކާގެ ބަންޑާރަ ބިމަންޑީއާ ބަލިކޮށް، ޕެރިސް އޮލިމްޕިކްސްއަށް ޒުވާން ޓީޓީ ތަރި ދީމާއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕްވެސް ލިބުނު އެތުލީޓެކެވެ.

ބެޑްމިންޓަން، ފާތިމަތު ނަބާހާ

އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަންގައި ބައިވެރިވާ ނަބާއަކީ ދެ ވަނަ ފަހަރަށް ޓްރައިޕާޓައިޓް އިންވިޓޭޝަންގެ ގޮތުން ރާއްޖެ ތަމްސީލްކުރާ (ބެޑްމިންޓަން) ފުރަތަމަ އެތުލީޓެވެ. ނަބާވަނީ ޖަޕާނުގެ ޓޯކިއޯގައި 2021 ވަނަ އަހަރު އޮތް އޮލިމްޕިކްސްގައިވެސް ކުޅެފައެވެ. ނަބާ އަށް އޮލިމްޕިކްސްގެ ޖާގަ ދިނީ އޮލިމްޕިކްސްގެ ޓްރައިޕާޓައިޓް ކޮމިޝަނުން، އޭނާގެ ނަތީޖާ އަށް ބެލުމަށް ފަހު އޭނާގެ ނަތީޖާތައް ރަނގަޅު ވުމުންނެވެ.

އެތުލެޓިކްސް، އިބާދުﷲ 

ޕެރިސް އޮލިމްޕިކްސްގައި ވާދަކުރާ އިބާދުﷲ އަކީ ޖެމެއިކާގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ އެތްލީޓެކެވެ. އެތުލެޓިކްސް ޓައިމް ޓްރައިލްސް އަށް ބެލިއިރު، އިބާދުﷲ ގެ ޓައިމިން އަކީ، 10.50 ސިކުންތެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ދީމާއާއެކު ދިވެހި ދިދަ އުފުލާނެ އެތްލީޓަކީ އިބާދުﷲ އެވެ.

ސްވިމިން، މުހައްމަދު އާން ހުސައިން އަދި އާއިޝަތު އުލްޔާ ޝާއިގް

އޮލިމްޕިކް ގޭމްސްގައި ފެތުމުގެ ކުޅިވަރުން ދިވެހިރާއްޖެ ތަމްސީލު ކުރާނީ އާން އަދި އުލްޔާއެވެ. އޮލިމްޕިކް ގޭމްސްއަށް ދާނެ ދިވެހި ދެ ފެތުންތެރިން ކަނޑައެޅުނީ ވޯލްޑް އެކުއަޓިކްސްއިން ކަނޑައަޅާފައިވާ ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޕޮއިންޓް ލިބިގެންނެވެ. 

ފެތުމުގެ ކުޅިވަރުން އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެއަށް ލިބިފައިވާ މި 2 ފުރުސަތަކީ ޔުނިވަރސިލިޓީ ޕްލޭސަސްގެ ދެފުރުސަތެވެ. އެއީ ކޮލިފައިނުވާ ގައުމުތަކަށް ދޭ ފުރުސަތުތަކުގެ ތެރެއިން ފުރުސަތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް