ads
މަޖިލިސް އިދާރާ
މެމްބަރުން މަދުކުރާ ގަރާރަށް އާއްމުންގެ ހިޔާލު ހޯދަނީ
ރައްޔިތުން މަޖިލީހުގެ މެމްބަރުން މަދުކުރުމާއި ގުޅޭ ގޮތުން މަޖިލީހަށް ހުށައަޅާފައިވާ ގަރާރަށް އާއްމުންގެ ހިޔާލަށް ރައްޔިތުން މަޖިލީހުން ހުޅުވާލައިފިއެވެ.

މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި މަޖިލީހަށް ގަރާރެއް ހުށައެޅުއްވީ ބާރަށޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. 

މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ގެންދަނީ މި ގަރާރު ދިރާސާކުރަމުންނެވެ. 

ރައްޔިތުން މަޖިލީހުން ބުނީ މި ގަރާރަށް އާއްމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެހެންކަމުން މި ގަރާރަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އަންނަ މަހުގެ 8 ވަނަ ދުވަހުގެ 14:00 ކުރިން ހުށައެޅުމަށް މަޖިލީހުން އެދެއެވެ. ހިޔަލާއި ކޮމެންޓް ހުށައަޅާނީ ލިޔުމުންކަމަށް މަޖިލީހުން ބުނެއެވެ. 

މި ގަރާރަށް ބަހުސް ކުރަމުން މަޖލީހުގެ ގިނަ މެމްބަރުން ވަނީ މެމްބަރުންނަށް މިހާރު ދޭ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ދެކޮޅުކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް