ads
ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ފުރަން އުޅުނު މީހާ
ވަގު ވިސާއެއް ޖަހައިގެން ފުރަން އުޅުނު މީހަކު ޑީޕޯޓްކޮށްލައިފި
ވަގު ވިސާއެއް ޖަހާފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެއިން ފުރަން އުޅުނު މީހަކު ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ވިސާއެއް ޖަހާފައިވާ ޕާސްޕޯޓެއް ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުން މި މީހާ ފުރަން އުޅުނީ މިމަހުގެ 22 ވަނަދުވަހުކަމަށެވެ. އަދި މި މީހާ ހިފަހައްޓާ ޑީޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެެއެވެ. 

އިމިގްރޭޝަނުން ވަނީ ދާދި ފަހުން ވަނީ ވަގު ޕާސްޕޯޓްގައި ރާއްޖެ ވަންނަ އުޅުނު ބަޔަކު ވެސް ހައްޔަރުކޮށްފައެވެ. 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ޖުމްލަ 120 މީހުން އިމިގްރޭޝަންގެ ދަށަށް ގެނެވި، އެމީހުން ފުރުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. 

މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް