ads
ރޭ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގައި ބިދޭސީން ހައްޔަރުކުރަނީ
4 ތަނަކުން 16 ބީދޭސީން ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރުމަށް ކުރިޔަށް ގެންދާ އޮޮޕަރޭޗަންތަކުގައި ރޭވެސް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭވެސް މާލޭގެ 04 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި އެ ތަންތަނުން 16 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށްް އިމިގްރޭޝަނުން ބުނެއެވެ. 

އެ އިދާރާއިން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރޭ ހައްޔަރުކުރި އެންމެނަކީވެސް ހޮޓާތަކުގައި މަސައްކަތް ކުރަމުންދާ މީހުންނެވެ. 

your imageރޭ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގައި ބިދޭސީން ހައްޔަރުކުރަނީ 

ގަވައިދާ ހިލާފަށް އުޅެ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ޕޯޓަލް އިމިގްރޭޝަނުން ވަނީ ތައާރަފުކޮށްފައެވެ މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. 

ސައުވީސް ގަޑިއިރު ހިދުމަތް ލިބޭ މި ޕްލެޓްފޯމަށް ފޮޓޯއާއި މިނޫން ވެސް މައުލޫމާތު ހުށަހަޅައި ރިޕޯޓް ކުރެވޭނެ އެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މައްސަލަ ރިޕޯޓްކުރުމަށް https://imuga.immigration.gov.mv/report-offenceއަށް ގޮސް، އިމިގްރޭޝަން ވޮޗް ހިޔާރުކޮށް، މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މައްސަލަތައް ރިޕޯޓް ކުރެވޭނެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ޖުމްލަ 120 މީހުން އިމިގްރޭޝަންގެ ދަށަށް ގެނެވި، އެމީހުން ފުރުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. 

މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް