ads
ހޯމް މިނިސްޓަރު އަލީ އިހުސާން
ހިތްހަމަ ޖެހުނަސް ނުޖެހުނަސް ބައެއް ކަންކަން ގައުމުގެ ހައްގުގައި ނިންމަންޖެހޭ: އިހުސާން
ގައުމުގެ ހައްގުގައި ނިންމަންޖެހޭ ބައެއް ނިންމުންތަކަކީ މީހަކު ހިތްހަމަޖެހުނަސް، ނުޖެހުނަސް ނިންމަން ޖެހޭ ކަންކަން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން މިހެން ވިދާޅުވީ ރާއްޖޭގެ 59 ވަނަ މިނަވަން ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާ އާ މައުލޫމާތުދެއްވަމުންނެވެ.

ރާއްޖޭގެ އެންމެ ގޮންޖެހުން ބޮޑު އެއް ދިމާލަކީ ދާހިލީ ވުޒާރާގެ ބެލުމުގެ ދަށުގައި ކުރަން ހުންނަ މަސައްކަތްތައް ކަމަށް ފާހަގަކޮށް އިހުސާން ވިދާޅުވީ ކުރިއަށް އޮންތަނުގައި އެކަންކަން ހައްލުކުރަން މަސައްކަތް ނުކޮށް ބަހައްޓައިފިނަމަ ރާއްޖޭގެ ސަލާމާތާ ރައްކާތެރިކަމަށް، އަދި އޭގެ ސަބަބުން މިނިވަންކަމަށް ލޮޅުން އައުން އެކަށީގެންވާކަމަށެވެ.

"ސަރުކާރެއް އުފަންވެގެން އާއިރުގައި ވަޒީރެއްގެ ހައިސިއްޔަތުން ފުރުސަތެއް ލިބުނީމަ ވަަރަަށް ބޮޑަށް ބޭނުންވި، އެހެންވީމާ އަޅުގަނޑު ހިތަށްއެރީ އަޅުގަނޑުވެސް މިކަންކަމާ ކަންބޮޑުވާ ހާލުގައި މިފަދަ ފުރުސަތެއް ލިބުނީމާ، ކަންކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރުމަށް އެ ޒިންމާ ނަގާނަމޭ" އިހުސާން ވިދާޅުވި އެވެ.

ދާހިލީ ވުޒާރާގެ ދަށުން ކުރަން ޖެހޭ މަސައްކަތްތަަކަކީ އެއްގޮތަކަށްވެސް ފަސޭހަ، "އެޓްރެކްޓިވް" އަދި މީހުންނަށްވެސް އެހާ ގަޔާ ވާ ކަހަލަ މަސައްކަތްތަކެއް ނޫން ކަމަށް އިހުސާން ފާހަގަކުރެއްވިއެވެ. އަދި އެފަދަ މަސައްކަތަކަށް ދާހިލީ ވުޒާރާގެ މަސައްކަތް ވީނަމަވެސް ގައުމުގައި ކޮންމެހެން ކުރަންޖެހޭ ކަންތައް ތަކެއް އަދި ކޮންމެހެން ރަނގަޅުކުރަން ޖެހޭ ކަނަތައްތަކެއް ހުރިކަން އިހުސާން ވިދާޅުވި އެވެ.

"މިކަންކް ކުރާއިރުގައި އެންމެން ހިތްހަމައެއްވެސް ނުޖެހޭނެ، އަދި އަޅުގަނޑުމެން ނަގާ ޑިސިޝަންސްތަކަކީ އެންމެ ކަމުދާ ޑިސިޝަންސް ތަކަކަށްވެސް ނުވާނެ، އެހެންނަމަވެސް ގައުމުގެ ހައްގުގަ ނިންމަންޖެހޭ ބައެއް ނިންމުންތަކަކީ އަދި އެމީހެއް ހިތްހަމަޖެހުނަސް ނުޖެހުނަސް ނިންމަން ޖެހޭ ކަންކަން، އަޅުގަނޑަށް އޮތް ޔަގީންކަމަކީ އަދުގެ ސަރުކާރުގައި ރައީސުލް ޖުމހޫރިއްޔާގެ އިންސްޓްރަކްޝަންސް އާއެކު އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ﷲ ތައާލާގެ ހެޔޮ މިންވަރު ފުޅާއެކުގައި އަޅުގަޑުމެން މިކަން ކާމިޔާބު ކުރާނަން" އިހުސާން ވިދާޅުވި އެވެ.

ކުރީގެ އަސްކަރިއްޔާގައި ކެޕްޓެންއެއްގެ ރޯލު އަދާކުރެއްވި އިހުސާން ވަނީ އަސްކަރިއްޔާއިން ލިބުނު ތަޖުރިބާ އަކީ ކިހާ މުހިއްމު ރޯލެއް އަދާކުރާ ކަމެއް ކަމުގެ މައްޗަށް އަލިއަޅުއްވާލާފަ އެވެ.

އަސްކަރިއްޔާއަކީ އޭގެ ޒާތުގައި ވަކި ވައްތަރެއް ޑިސްޕްލީނެއް، ވަކި ގޮތަކަށް މީހާ ބައްޓަން ކުރެވި، ވަކި ކަންތައްތަކަކާ ދޭތެރޭ ދެކޭ އުސޫލުތައް ވަކި ގޮތަކަށް ހިފަހައްޓާ އަދި ކަމެއް އެކަމާ ދޭތެރޭ ދެކޭ ނަޒަރިއްޔާ ވަކިގޮތަކަށް ހުންނަ ސިސްޓަމެއް ކަމަށް އިހުސާން ވިދާޅުވި އެވެ. 

އެކަންކަަން އޭގެތެރެއިން އަންނައިރުގައި ގައުމާ ދޭތެރޭ ދެކޭގޮތާއި، ގައުމުގެ މިނިވަންކަމާ ތޭތެރޭ ދެކޭ ގޮތާއި، އަދި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ފަރުދީ ގޮތުން އޮންނަ ޒިންމާ އިހުސާސުވާލެއް ބޮޑު ވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. 

"ސިފައިންގެ ހަޔާތުގައި ތިބޭއިރު މިތިބެނީ ﷲ ގަންދީ ހުވާކޮށްގެން، ގައުމުގެ މިނވަންކަމަށްޓަކައި ފުރާނަ ދޫކޮށްލަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރުމަށް، އެ ހުވައެއް ނުއެއް ދާނެ" އިހުސާން ވިދާޅުވި އެވެ.

ހުވާ ކުރާ ހިސާބުން ފެށިގެން، ޔުނިފޯމް ބޭލިޔަސް ހުވާ އަބުރާ ހަވާލެއް ނުކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަބަދުވެސް ދެމި ތިބޭނި އެ ހުވާ މަތީގައި ކަަމަށް އިހުސާން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް