ads
މިނިވަން ދުވަހުގެ އެމްއެންޑީއެފްގެ ޕެރޭޑެއް
މިނިވަންދުވަހުގެ ޕްރޭޑް މާލޭގައި އޮންނާނީ އަންނަ ހުކުރުގައި
މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ނިންމި ޕްރޭޑް ދެން އޮންނާނީ އަންނަ ހުކުރު ދުވަހުކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިއަދު ބާއްވަން އޮތް ޕްރޭޑް ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ  އެމްއެންޑީއެފުން ބުނީ މިއަދަށް ތާވަލްކުރި ސިފައިންގެ މަގުމަތީ ހިނގާލުން،  2 އޮގަސްޓް ވާ ހުކުރުދުވަހު ހަވީރު ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަން ހަމަޖެއްސި ޕްރޭޑް މާލެ މިއަދު ނުބޭއްވި ނަމަވެސް މާދަމާ ހުޅުމާލޭގައި އޮންނާނެއެވެ.

ފުވައްމުލަކާއި އައްޑޫ ފިޔަވާ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ވައިޓް އެލާޓު ނެރެފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް