ads
ސަލްމާން މިސްކިތް - ފޮޓޯ: ޕީއެސްއެމް
ސަލްމާން މިސްކިތުން ދަބަހެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މާލޭ، ސަލްމާން މިސްކިތުން ދަބަހެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

މިސްކިތުން ދަބަހެއް ވަގަށް ނަގައިގެން ހައްޔަރުކޮށްފައިވަނީ، ޏ. ފުވައްމުލަކު ބިއްދަރިގެ އިބްރާހިމް އަހްމަދު ކިޔާ މީހެކެވެ. އުމުރުން 42 އަހަރުގެ މި މީހާއަކީ ކުރިންވެސް ކުށުގެ ރެކޯޑްތައް އޮންނަ މީހެކެވެ.

މި މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ. 

މި މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މިސްކިތުން ވަގަށް ނެގި ދަބަސް އަޅުވައިގެން އޭނާ ނުކުންނަ މަންޒަރުވަނީ ސީސީޓީވީ ކެމެރާއަށް އަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް