ads
އިނގިލި ބުރިކޮށްލި މެޓް ޑޯސަން
އޮލިމްޕިކްސްގައި ކުޅޭ ހިތުން އިނގިލި ބުރިކޮށްލައިފި
އޮސްޓްރޭލިއާގެ ފީލްޑް ހޮކީ ކުޅުންތެރިއަކު ޕެރިސް އޮލިމްޕިކްސްގައި ވާދަކުރުމަށް އިނގިލީގެ ބައެއް ބުރިކޮށްލައިފިއެވެ.

އޮލިމްޕިކްސްގައި ވާދަކުރަން ބޭނުންވާތީ، އިނގިލި ބުރިކޮށްލީ މެޓް ޑޯސަން ކިޔާ ކުޅުންތެރިއެކެވެ. މީގެ ދެ ހަފްތާ ކުރިން ޕާތުގައި ޓީމް ޓްރެއިނިންގެ ތެރޭގައި މެޓް ޑޯސަންގެ ކަނާތު އަތުގެ އިނގިއްޔަކަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަން ކޮށްގެން އެކަން ރަނގަޅު ކުރަން މަސްތަކެއް ނަގާނެ ކަމަށް ބެލެވޭތީ، މެޓް ޑޯސަން ނިންމީ އިގިލި ބުރިކޮށްލާށެވެ. 

އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ އިނގިލި ބުރިކޮށްލުންވީ ޓީމުގެ ކޯޗަށްވެސް އަދި އެހެން ކުޅުންތެރިންނަށްވެސް ލިބުނު ބޮޑު ހައިރާން ކަމަކަށެވެ.

އެކަމަކު މެޓްއަށް އަނިޔާވިތާ އެންމެ 16 ދުވަސް ފަހުން ހޮނިހިރު ދުވަހު އާޖެންޓީނާއާ ދެކޮޅަށް ނުކުންނަން އޭނާ މިހާރު ހުރީ ތައްޔާރުވެގެންނެވެ. 

އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕްރޭޝަން ކުރިނަމަ އެނބުރި ކުޅުމަށް އަންނަން މަސްތަކެއް ނަގާނެ ކަމަށް ޑޮކްޓަރު ބުނިއިރު، އިގިލި ބުރިކޮށްލައިފިނަމަ 10 ދުވަސްތެރޭ ކުޅެވޭނެ ކަމަށް ޑޮކްޓަރެއްގެ ލަފާ ލިބުމުން މެޓް ނިންމީ އިގިލި ބުރިކޮށްލާށެވެ. ޓީމުގެ ކެޕްޓަން އަރަން ޒަލެވްސްކީ ބުނީ މި ނިންމުމުން ހުރިހާ ކުޅުންތެރިންނަށްވެސް ހައިރާން ކަމެއް ލިބުނި ނަމަވެސް އެންމެންވެސް ފަހުން މެޓްގެ ނިންމުމަށް ތާއީދު ކުރިއެވެ.

އިގިލި ބުރިކޮށްލި ކުޅުންތެރިޔާއަކީ 2018 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރަން މެޑަލް ހޯދި ހޮކީ ޓީމުގެ ކުޅުންތެރިއެކެވެ. އަދި އެންމެ ފަހުން އޮތް އޮލިމްޕިކްސްގައި އޭނާވަނީ ރިހި މެޑަލް ހޯދާފައެވެ. އިގިލި ބުރިކޮށްލައިގެންވެސް ޕެރިސް އޮލިމްޕިކްސްގައި ކުޅެން މެޓް ނިންމި މައިގަނޑު ސަބަބަކީ މިއީ އޭނާގެ އެންމެ ފަހު އޮލިމްޕިކްސްއަށް ވުމުގެ ފުރުސަތު އޮތުމުގެ އިތުރުން ކޮންމެހެންވެސް ރަން މެޑަލްއެއް ހޯދަން ބޭނުންވުން ކަމަށް އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް