ads
ޝާހުރުކް ހާން
ބޮލިވުޑްގެ ބާދްޝާހްގެ ރީތި ހަށިގަނޑުގެ ސިއްރު
ބޮލިވުޑްގެ މަޝްހޫރު ތަރި ޝާރުކް ހާންގެ ޕާސަނަލް ޓްރެއިނަރު ޕްރަޝާންތް ސަވާންތްގެ އަގުބޮޑު ޓްރެއިނިން ސެޝަންތަކުގެ ތަފްސީލު ހާމަވެއްޖެއެވެ.
Advertisement

ބޮލިވުގެ ތަރިންގެ ހަށިގަނޑާއި ސިއްހަތު ބެލެހެއްޓުމަށް އެމީހުން ކުރާ މަސައްކަތަކީ އާދައިގެ މަަސައްކަތެއް ނޫނެވެ. ބިޒީ ޝެޑިއުލްތަކުގެ ތެރެއިން ވަގުތު ނަގައިގެން އެމީހުން ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ. މި ގޮތުން ޝާރުކް ހާންގެ ޓްރެއިނަރު ޕްރަޝާންތް ސަވާންތަކީ މަޝްހޫރު ސެލެބްރިޓީ ފިޓްނަސް ޓްރެއިނަރެކެވެ.

ޕްރަޝާންތް ސަވާންތަކީ ހަމައެކަނި ޝާރުކް ހާންއަށް ޓްރެއިނިން ދޭ މީހެއް ނޫނެވެ. ވަރުން ދަވާން، ސަނީ ލިއޯނީ، އަޖޭ ދޭވްގަން އަދި ޕްރިޔަންކާ ޗޯޕްރާ ފަދަ އެތައް މަޝްހޫރު ތަރިންނަކަށް އޭނާ ޓްރެއިނިން ދެއެވެ. 2003 ވަނަ އަހަރު އޭނާ ވަނީ "ބޮޑީ ސްކަލްޕްޓާ" ނަމުގައި ޖިމްއެއް ހުޅުވާފައެވެ. މިހާރު މުންބާއީގައި މި ޖިމްގެ ދެ ގޮފި ހުރެއެވެ. މީގެ އިތުރުން އޭނާ އޮންލައިން ކޯޗިންގވެސް ދެއެވެ.

ރެޑިޓްގައި ވައިރަލްވި ރިޕޯޓެއްގައި ބުނާ ގޮތުން ޕްރަޝާންތް 12 ހަފްތާގެ ޕެކޭޖަކަށް 117،000 އިންޑިއާ ރުޕީޒް (1،391 އެމެރުކާ ޑޮލަރު) ނަގައެވެ. މި ޕެކޭޖްގައި ވަރުކްއައުޓް ސެޝަންތަކުގެ އިތުރުން މަސާޖް އަދި ކެއުމުގެ ރޭވުންތައްވެސް ހިމެނެއެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕްރަޝާންތް ވަނީ ޝާރުކް ހާންގެ ޓްރެއިނިން ސެޝަންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. "އަހަރެމެން ދެމީހުން އޭނާގެ ހަށިގަނޑާ މެދު ވާހަކަ ދައްކަމުން ދަނީ ސްޓްރެޓެޖީތަކާއި ފޯމިއުލާތައް އެކުލަވާލަމުން. މި ޕްރޮސެސްގައި ބައެއް ފަހަރު ސިކްސް ޕެކް އުފެދޭއިރު އަނެއްބައި ފަހަރު އެއިޓް ޕެކް އުފެދޭ،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ޝާރުކް ހާން ވަރަށް ގަވާއިދުން ކަސްރަތުތައް ކުރެއެވެ. "އޭނާއަށް ހޫނު އެންމެ ރަނގަޅީ. އެހެންވީމާ ކޮންމެ ކަމެއް ކުރިޔަސް، ކުޅުނަސް ނުވަތަ ވާކްއައުޓް ކުރިޔަސް، ހޫނުވުމަކީ އޭނާ ވަރަށް ބޮޑަށް އެދޭ ކަމެއް،" ޕްރަޝާންތް ބުންޏެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް