ads
މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް
ނުލިބި ހުރި 15 ބިލިއަން ރުފިޔާ ހޯދަނެކަމަށް ދިއްގަރު މެމްބަރު ނާޒިމް ބުނެފި
ދައުލަތަށް ލިބެން ޖެހޭ 15،445،526،584.29ރ. ނުލިބި ވާކަމަށާއި މިއަދަދު ހޯދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާ މެމްބަރު އަދި މާލިޔަތު ކޮމިޓީގެ މެމްބަރު، އަހުމަދު ނާޒިމް، ވިދާޅު ވެއްޖެ އެވެ.

މިއަދު އެކްސްގާ ކުރައްވާފަވާ ޕޯސްޓެއްގާ އޭނާ އެކި ތަންތަނުން ނުލިިބޭ ޖުމްލަ 15،445،526،584.29ރ.ވާ ކަމަށް މާލިޔަތު ކޮމިޓީއަށް ފާހަގަ ވެފަ ވާކަމަށް ބުނެފާ ވެއެވެ. އަދި މި އަދަދު ގެ ތަފްސީލް ކޮންމެސް ވަރަކަށް ދީފާ ވެއެވެ. 

މިގޮތުން އެކި ކަންކަމުގެ ޓެކްސް ގެ ގޮތުގާ ލިބެން ޖެހޭ 5،751،161،405.79ރ. ވާކަމަށް ބުނެފާ ވެއެވެ. އިންޓްރެސްޓްއާ އެކީ މިއަދަދު 7،763،855،116.11ރ. އަށް އަރައެވެ. މީގެ ތެރޭގާ އެއާޕޯޓް ޓެކްސް އަދި ފީ ގެ ގޮތުގާ، އިންޓްރަސްޓާ ލައިގެން 414،215،088.35ރ.، ކޯޕަރެޓް އިންކަމް ޓެކްސް ގޮތުގާ، އިންޓްރަސްޓާ ލައިގެން، 1،120،058،469.24ރ.، އަދިވެސް އިތުރު ޓެކްސް ގޮތުގާ ލިބެން ޖެހޭ އަދަދު ތަކެއް ނުލިބި ވާކަމަށް ބުންޏެވެ.

މީގެ އިތުރުން ޓެކްސްގެ އިތުރުން ލިބެން ޖެހޭ 7،681،671،468.18ރ. ވާކަމަށް ވެސް ޕޯސްޓްގާ އޭނާ ބުނެފާ ވެއެވެ. އެއީ ބިމުގެ ކުލި ގޮތުގާ 6،930،422،451.78ރ.، ދިގުމުއްދަތައް ދަނޑުވެރިކަމަށް ދޫކޮއްފާވާ ބިންތަކުން ލިބެން ޖެހޭ 80،542،558.69ރ.، އަދި އެހެނިހެން 670،706،457.72ރ. ވާކަމަށް ވެއެވެ.

މިފައިސާ ކޮންމެހެން ހަދާފަވެސް މާލިޔަތު ކޮމިޓީއިން ހޯދާނެކަމަށް އަދި މިކަންތަށް ބަލާ ސާފު ކުރާނެކަމަށް އޭނާ ވަނީ މިޕޯސްޓްގާ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް