ads
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން އާއި ރައީސް ޑރ. މުއިއްޒު ބައްދަލު ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ޗައިނާއާއެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް ސެޕްޓެމްބަރުގައި ތަންފީޒުކުރަނީ
ދިވެހި ސަރުކާރުން ޗައިނާ ސަރުކާރާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ) އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒުކުރަން ފަށާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެކުވެރި ގައުމުތަކާއެކު މިހާރު ކުރަމުން އަންނަ މަސައްކަތުން ރާއްޖޭގެ ވިޔަފާރިއަށް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމަށެވެ. 

އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެން އެ ގައުމާ އެކުގައި ހެދި ޕްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރިގެ އެއްބަސްވުމުގެ ވާހަކަ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެފްޓީއޭ ތަންފީޒުކުރަން މިހާރު އެ ހިނގާ ގާނޫނީ މަރުހަލާ ނިމިގެން އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒު ކުރަން ފެށޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެފްޓީއޭ ތަންފީޒުކުރަން މިހާރު އެ ހިނގާ ގާނޫނީ މަރުހަލާ ނިމިގެން ގޮސް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒު ކުރަން ފެށޭނެ" ރައީސް ވިދާޅުވި އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފުވެ އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފު ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ ދިވެހިރާއްޖެއިން ޗައިނާ ސަރުކާރަށް އަދާކުރަންޖެހޭ ލޯނުތައް ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގުނަލް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް