ads
މަޖިލީހުގެ ރައީސް މުރައިދޫގެއަށް ބަދަލުވެޑައިގެންފި
ރައްޔިތުން މަޖިލީހުގެ ރައީސަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅު މުރައިދޫގެއަށް އަބްދުއްރަހީމް އަބްދުﷲ ބަދަލުވެޑައިގެންފިއެވެ.
Advertisement

ރައްޔިތުން މަޖިލީހުން ބުނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް މުރައިދޫ ގެއަށް ބަދަޅުވެޑައިގަތީ ހުކުރު ދުވަހުގެކަމަށެވެ. 

އަބްދުއްރަހީމް އެގަށް ބަދަލުވެޑައިގަތުމުގެ ކުރިން ވަނީ އެ ގެކޮޅުގައި ކުރިން ހުރި ބައެއް މަގާމުތަކަށް ބަދަލު ގެންނަވާފައެވެ. 

އަބްދުއްރަހީމް ހުށަހެޅުއްވީ މުރައިދޫގޭގެ އެއް މަގާމެއްގެ ނަން ބަދަލުކުރާށެވެ. އަދި ހަތަރު މަގާމެއް އުވާލުމަށް ފަހު، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމަށެވެ. މި ބަދަލު ވަނީ މަޖިލީހުން ގެނެސްދީފައެވެ.  

މަޖީލީހުގެ ރައީސްގެ ހައިސިއްޔަތުން މުރައިދޫގޭގައި އެންމެ ފުރަތަމަ އުޅުއްވީ ރައީސް މުހައްމަދު ނަޝީދުއެވެ. އެގެކޮޅު މަޖިލީހުގެ ރައީސަށް ހާއްސަ ކުރީ  މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ކަންކަން ވަރުގަދަކުރުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް