ads
ޕީޖީގެ ނައިބުކަމުން އިސްތިއުފާދީނީ އަމިއްލަ މަސައްކަތްކުރަން :ތާރިގް
ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާދެއްވީ އަމިއްލަ މަސައްކަތަށްް ވަގުތު ހުސްކުރައްވަން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.
Advertisement

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ނައިބު ލީޑަރުކަމުން އަހުމަދު ތާރިގު އިސްތިއުފާ ދެއްވި މިއަދުއެވެ. 

އިސްތިއުފާއަށްް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތާރިގު ވިދާޅުވީ މަގާމުން އިސްތިއުފާދިނީ އަމަިއްލަ މަސައްކަތަށްް ވަގުތު ހޯދަން ކަމަށެވެ.

" ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން އަޅުގަނޑު އިސްތިއުފާދިނީ، މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތުމުގެ ސަބަބުން." ތާރިގް އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕް ޑެޕިއުޓީ ލީޑަރަކަށްް ތާރިގު އައްޔަންކުރަން ނިންމެވީ، އެ ޕާޓީން މަޖިލިހަށް ހޮވުނު މެމްބަރުންނާއި އެކު މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ތާރިގުގެ އިތުރުންވެސް ޕީއެންސީ ޕީޖީ ގްރޫޕްގައި ދެ ނައިބު ލީޑަރުން ތިބެެެއެވެ. އެއީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ. 

ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ 5 މެމްބަރުންގެ ލިސްޓުގައިވެސް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގުވެސް ހިމެނެއެވެ. ތާރިގު ވަނީ މަޖިލީހުގައި ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް