ads
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ބިންވެރިޔާ ސްކީމް: 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ނުހިމެނޭ
''ގެދޮރުވެރިޔާ ސްކީމް'' ގެ ދަށުން ދޭ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ 100 ފްލެޓް ނުހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލުކުރުމަށްޓަކައި ހައުސިން މިނިސްޓްރީގެ އިސްވެރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ހައިދަރު ވިދާޅުވީ މި ސަރުކާރުން ބަލަމުންދަނީ ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު އިއުލާންކޮށް ހުޅުވައިލި ފުރުސަތުގައި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފުރަތަމަ 4،000 މީހުންގެ ލިސްޓުގެ މައްސަލަ ކަމަށެވެ.

އެގޮތުން ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފުރަތަމަ 4،000 މީހުންގެ ލިސްޓުގައި ކަސްޓަމްސްގެ 100 ފްލެޓެއް ނެތް ކަމަށް ހައިދަރު ވިދާޅުވި އެވެ.

"މި 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ކަނޑައަޅާފައި އޮތް އެއްޗެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައެއް ނެތް."

މީގެއިތުރުން ހައިރަދު ވިދާޅުވީ ކަސްޓަމްސްއާއި މި ފްލެޓްތައް އިމާރާތްކުރާ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ދެމެދުގައި އެއްބަސްވުމެއް އޮތްނަމަ އެ ކުންފުނިން އެއަށް އިހުތިރާމް ކުރާނެ ކަމަށެވެ. 

އެކަމާ ބެހޭ ގޮތުން ކަސްޓަމްސްއާ މަޝްވަރާކުރިއިރު އެ ފްލެޓްތަކުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ހޯދާކަށްކަސްޓަމްސްގެ ވެސް މާ ބޮޑު އިންޓްރެސްޓެއް ނެތް ކަމަށް ފާހަގަކުރެއްވުނު ކަމަށް ވެސް މިނިސްޓަރުވިދާޅުވިއެވެ.

ކަސްޓަމްސްއިން ކުރިން ބުނެފައިވާ ގޮތުން ހައުސިން މިނިސްޓްރީން އެދުނު ގޮތަށް 100 މީހުންގެ ލިސްޓެއް މިނިސްޓްރީ އަށް ފޮނުވުމުން އެ 100 މީހުން ހިމަނަނީ ގެދޮރުވެރިޔާ ސްކީމްގައި ކަމަށް އޭރު ހައުސިން މިނިސްޓްރީގެ ބައެއް އޮފިޝަލުން ޔަގީންކޮށްދިނެވެ. އެކަމަކު ކުރީގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނު ކުރިއިރު ކަސްޓަމްސްގެ ލިސްޓުގައި ހިމެނޭ މީހުންގެ ނަންތައް ވަނީ އުނިކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ހައިދަރު ވަނީ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓު މި ސަރުކާރުން އަލުން ރިވިއުކުރުމަށް ފަހު އެންމެ ލަސްވެގެން އޮކްޓޫބަރު މަހު އާންމުކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ރައީސް ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް ހަދަމުންދާއިރު މީގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް