ads
އެމްޑިޕީން މިރޭ ބާއްވާ ޕެނަލް ޑިސްކަޝަންގެ ޕޯސްޓަރު
އެމްޑީޕީ ލީޑާޝިޕްގެ "ހަވަރު ބެރު" މިރޭ
އެމްޑީޕީން "ހަވަރު ބެރު" ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް މިރޭ ބާއްވަން ނިންމައިފިއެވެ.
Advertisement

މި ޕެނަލް ޑިސްކަޝަން އޮތީ މިރޭ 21:00 ގައެވެ. 

އެމްޑީޕީން ބުނީ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކާނީ އެޕާޓީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޕާޓީގެ ޗެއާޕާސަން ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަަރު އިބްރާހިމް އަމީރުއެވެ. 

އެމްޑީޕީ އޮފީހުގައި އޮންނަ މި ޕެނަލް ޑިސްކަޝަން އެޕާޓީގެ އެކްސްގެ އެކައުންޓައި ފޭސްބުކް ޕޭޖުން ލައިވްކުރަން ވަނީ ހަމަޖެހިފައެވެ. 

your imageޕީއެންސީ މިރޭ ހަރުގެ ޖަލްސާގެ ޕޯސްޓަރު 

އެމްޑީޕީގެ މި ޕެނަލް ޑިސްކަޝަން މިރޭ އޮންނައިރު ވެރިކަން ކުރާ ޕީއެންސީިގެ ހަރުގެ ޖަލްސާއެއްވެސް މިރޭ އެބައޮތެވެ. ވަރަށް ފޯރިގަދަވާނެކަމަށް  އެޕާޓީން ބުނާ މިރޭގެ ޖަލްސާގައި ސިޓީޒް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވާނެ ކަމަށް ކޮންގްރެސް ކޯލިޝަނުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް