ads
ފުރަތަމަ ނަންދީ ރަޖިސްޓްރީކުރި ބުޅާ "ގޯލްޑީ"
މާލޭގައި އުޅޭ ބުޅާތައް ނަންދީ ޓެގް އަޅުވަން ފަށައިފި
މާލޭގައި އުޅޭ ބުޅާތައް ރަޖިސްޓްރީކޮށް ޓެގް އަޅުވަން ފަށައިފިއެވެ.
Advertisement

މި މި ޕްރޮގްރާމް ފައްޓަވާ ދެއްވީ، އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާއެވެ. 

މި ދުވަސްވަރު ބުޅާލަށް ޖެހޭ ބައްޔެއް ފެތުރެމުންދާތީ ފީލައިން ވެލްފެއާ އޮގަނައިޒޭޝަނުން އަންނަނީ މާލޭގައި އުޅޭ ބުޅާތައް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

ރަޖިސްޓްރީކުރުުގެ މަސައްކަތާއިއެކު އެ ޖަމިއްޔާއިން ދަނީ މިހާރު ފެތެރުމުންދާ ބަލިން ބުޅާތައް ސަލާމަތްކުރުމަށް ބޭސްވެސް ދެމުންނެވެ. 

your imageފުރަތަމަ ނަންދީ ރެޖިސްޓްރީކުރި ބުޅާ "ގޯލްޑީ" އާއެކު ވަޒީރު ރަމްލާ

މި ޕްރޮގްރާމް ފައްޓަވާދެއްވުމުގެ ގޮތުން މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވަނީ ބުޅަލަކަށް ބޭސްދެއްވާ ބުޅަލެއް ރަޖިސްޓްރީކުރުމަށް ނަންދެއްވާފައެވެ. އެ ބުޅަލަށް ދިން ނަމަކީ "ގޯލްޑީ" އެވެ. އަދި އެބުޅަލުގެ ނަން އެނގޭ ޓެގްވެސްވަނީ އަޅުވާފައެވެ. 

އެންމެ ފުރަތަމަ ބޭސް ދީ ރަޖިސްޓްްރީކޮށްފައިވަނީ މާލޭ މޭރޫ ބްރައުން ކުރިމަތީ އޮންނަ ސަރަހައްދަށް އެއްވާ ބުޅާތަކަށެވެ. އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ބުޅާ އެއްވާ ސަރަހަދެކެވެ. 

your imageބުޅާތަކަށް ބޭސްދިނުމުގައި މަސައްކަތްކުރާ ފީލައިން ވެލްފެއަރ އޯގަނައިޒޭޝަން މުވައްޒަފުންނާއި އެކު ވަޒީރު ރަމީލާ

ބުޅާ ރެޖިސްޓްރީކޮށް ބޭސްދިނުމަށް ފެށި ޕްރޮގްރާމްގައި އިއްޔެ އެކަނިވެސް 80 ބުޅަލަށް ބޭސްދީ ވަނީ ރަޖިސްޓްރީކޮށްފައެވެ. ބުޅާތައް ރަޖިސްޓްރީކުރުމަށްްފަހު ކޮންމެ ބުޅަލެއްގެ ކަރުގައި ޓެގެއް ވަނީ އަޅުވާފައެވެ. 

މިދުވަސްވަރު ބުޅަލަށް ޖެހޭ ބައްޔަކީ ސަލާމަތްވުމުގެ ފުރުސަތު ހަނި ބައްޔެއްކަމަށްް ބުޅަލަށް ބޭސްދިނުމުގައި ހަރަކާތްތެރިވާ ފީލައިން ވެލްފެއާ އޮގަނައިޒޭޝަނުން ބުނެއެވެ. 

your imageބުޅާތަކަށް ބޭސްދިނުމުގައި މަސައްކަތްކުރާ ފީލައިން ވެލްފެއަރ އޯގަނައިޒޭޝަން މުވައްޒަފުންނާއި އެކު ވަޒީރު ރަމީލާ

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންދިޔުމަށް ހުޅުމާލޭގައި އަޅާ ކެޓް ޝެލްޓާގެ މަސައްކަތް ކުރިޔަށް އޮތް ދެމަހުގެ ތެރޭގައި ނިންމާ ބުޅާތައް ބަދަލުކުރެވޭނެކަމަށްް ސިޓީ ކައުންސިލުން އިއްޔެ ވަނީ ބުނެފައެވެ. މާލޭގެ މަގުތަކުގައި އުޅޭ ބުޅަލުގެ އަދަދު 3000 އިން މައްޗަށް  އަރާނެކަމަށް ބެލެވެއެވެ. 

ހުޅުމާލެ ފަރުކޮޅުފުށީގައި ގާއިމުކުރާ ޕެޓް ކެއާ ފެސިލިޓީ ނިމެންދެން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ އިންތިޒާމް ވަނީ އެގްރިކަލްޗާ މިނިސްޓްރީން ހަމަޖައްސާފަ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް