ads
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ލީޑާރސް
ހަމާސްގެ ލީޑަރު އަވަހާރަވުމަކީ ފަލަސްތީނަށް ލިބުނު ބޮޑު ހިތާމައެއް: ހަމާސް
އީރާންގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމަކީ ފަލަސްތީނު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އެ ހިތާމައިގައި އެންމެން ބައިވެރިވާ ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ބުނެފި އެވެ.
Advertisement

ހަނިއްޔާ ޝަހީދުކޮށްލާފައި ވަނީ އިރާނުގެ އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެގައުމުގެ ވެރި ރަށް، ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށް ރޭ ފަތިހު އެވެ. ހަނިއްޔެ ޝަހީދުކޮށްލި ހަމަލާ ދީފައި ވަނީ އޭނާ ހުންނެވި އިމާރާތަށް ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާގައި ހަނިއްޔާގެ ބޮޑީ ގާޑެއް ވެސް ޝަހީދުފައިވެ އެވެ.

ހަނިއްޔާ އަށް ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލައިފައެއް ނުވެ އެވެ. ނަމަވެސް އެއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށް ހަމާސްއިން ވަނީ ތުހުމަތުކޮށްފަ އެވެ. 

މިއީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލު ނުހިފާ ދޫކޮށްނުލާނެ ކަމަށް ބުނެ ހަމާސް އިން ވަނީ އިންޒާރުގެ ބަޔާނެއް ނެރެފަ އެވެ. 

ހަމާސްގެ ބަޔާނުގައި ބުނީ އިސްރާއީލުން ހިންގީ ވަރަށް "ފިނޑި" އަމަލެއް ކަމަށާއި އެކަމުގެ ބަދަލު ލުއިކޮށް ނުގެންދާނެ ކަމަށެވެ. އެކަމުގައި ހިމެނޭ އިސްރާއީލް މީހުންނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ހަމާސްއިން ވަނީ ބުނެފަ އެވެ.

"އިސްރާއީލުން ފަލަސްތީނުގެ ލީޑަރުން ޝަހީދުކުރި ނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލުގެ އަނިޔާވެރިކަމާ އަދި އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުން ކުރާ މިނިވަންކަމުގެ ޖިހާދަށް ހުއްޓުމެއް ނާންނާނެ.."ހަމާސް އިން ނެރުނު އިންޒާރުގެ ބަޔާނުގައި ވެއެވެ.

ހަމާސް އިން ބުނެފައިވާ ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ ތެހެރާންގައި ހުންނަ އޭނާގެ ގެއަށް ޒަޔަނިސްޓުން ހިންގި ހިޔާނާތްތެރި ރޭޑެއްގަ އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ އީރާނުގެ ވެރިރަށް ތެހެރާނުގައި އޭނާގެ ގޭގައި އަވަހާރަކޮށްލި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިއަހަރުގެ ކުރީކޮޅު އިސްރާއީލުން ދިން ހަމަލާއެއްގައި އޭނާގެ ތިން ދަރިން ވަނީ ޝަހީދުކޮށްލާފަ އެވެ. 

އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމަށް އިސްރާއީލުން މަސައްކަތް ކުރަމުންގެންދާތާ 15 ވަރަކަށް އަހަރުވެފައިވާއިރު އިސްރާއީލުން ހިންގާ މިފަދަ ޓެރަރިސްޓް ހަރަކާތްތަކަށް އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ އެތައް ގައުމެއްގެ ޖާސޫސީ އިދާރާތަކުން އިންތިހާއަށް އެހީތެރިވެ އިސްރާއީލަށް ބޭނުންވާ ޖާސޫސީ މައުލޫމާތުތައް ފޯރުކޮށްދޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފަލަސްތީނުގެ ބިންތައް ޔަހޫދީންގެ އަތްދަށުން ސަލާމަތްކުރުމަށް ހަނގުރާމަކުރާ ހަމާސްގެ ލީޑަރު ހަނިއްޔާ އަކީ އިޒްރޭލުން ނައްތާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ބޭފުޅެކެވެ. އެހެންވެ އޭނާ އާންމުކޮށް ދިރިއުޅުއްވަނީ ގަތަރާއި ތުރުކީގަ އެވެ. ހަނިއްޔާ އަށް ދިން ހަމަލާ ދުނިޔޭގެ ގިނަ ލީޑަރުން އަންނަނީ ކުށްވެރިކުރައްވަމުންނެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް