ads
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން
ހަނިއްޔާ އަވަހާރަ ކޮށްލުމަކީ ފިނޑި ކުށުގެ އަމަލެއް: ތުރުކީ
ހަމާސް ޖަމާއަތުގެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އަވަހާރަކޮށްލުމަކީ އަވަހާރަ ކޮށްލުމަކީ ފިނޑި ކުށުގެ އަމަލެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިތު އުރުދުގާން ވިދާޅުވެއްޖެ އެވެ.
Advertisement

ހަމާސް ޖަމާއަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަނިއްޔާ އަވަހާރަކޮށްލާފައި ވަނީ ތެހެރާނުގައި އޭނާ ހުންނެވި ގެކޮޅަށް އިޒްރޭލުން ދިން ހަމަލާއެއްގައި ކަމަށެވެ.

ހަމާސް އިން ބުނީ ގަތަރުގައި ދިރިއުޅުއްވިޔަސް އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގައި ހުންނަވަނިކޮށް ކަމަށެވެ. އީރާންގެ އާ ރައީސް ހުވާ ކުރެއްވީ އިއްޔެ އެވެ.

އުރްދުގާން ވިދާޅުވީ، ހަނިއްޔާ އަވަހާރަ ކޮށްލައިގެން ފަލަސްތީނުގެ މުސްލިމުންގެ އަޒުމާއި ހިތްވަރު ބަލިކަށި ކޮށްލެވޭނެ ކަމަށް ޔަހޫދީން ގަބޫލު ކުރުމަކީ ކުށްހީއެއް ކަމަށެވެ. 

"މި އަނިޔާވެރި ކުށަކީ މިިނިވަން ކަމަށް ފަލަސްތީނުގެ މުސްލިމުން ކުރަމުންދާ ޖިހާދަށް ހުރަސް އަޅަން ހިންގާފައިވާ ފިނޑި, ކުށުގެ އަމަލެއް. ޒަޔަނިސްޓުންނަށް އެ ކަން ހާސިލެއް ނުކުރެވޭނެ،" އިޒުރޭލަށް ފާޑުވިދާޅުވުމުގައި އެންމެ ކުރިގައި ހުންނެވި އެއް ލީޑަރު އުރްދުގާން ވިދާޅުވި އެވެ.

އީރާންގެ އާ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަނިއްޔާ އަވަހާރަކޮށްލީ އޭނާ ހުންނެވި ގެޔަށް ހަމަލާ ދީގެންނެވެ. މިއީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލުހިފާނެ ކަމަށް ހަމާސް އާއި އީރާނުން ދަނީ ބުނަމުންނެވެ. އެކަމަކު ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް އިސްރާއީލުން ވަނީ ހަނިއްޔާ އާއި ހަމާސްގެ ވެރިން އަވަހާރަކޮށްލާނެކަމަށް މީގެކުރިން ބުނެފަ އެވެ. އިސްރާއީލު މީޑިޔާއިން ބުނާގޮތުގައި ހަނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެން އެއްވެސް ކޮމެންޓެއް ނުކުރުމަށް އިސްރާއީލުގެ މިނިސްޓަރުނާއި އޮފިޝަލުންނަށް ވަނީ އަންގާފަ އެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ހަނިއްޔާ ޝަހީދު ކޮށްލުން ކުށްވެރި ކުރަމުންނެވެ. ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ރައީސް މަހުމޫދު އައްބާސް އެ ކަން ކުށްވެރި ކުރައްވައި, ފަލަސްތީނުގެ މުސްލިމުން އެއްބައިވަންތަކަން އިސްކޮށް އެކަތިގަނޑަކަށް ވުމަށް ގޮވައިލެއްވި އެވެ. ޔަހޫދީންގެ ހަމަލާއަކީ ވަރަށް ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވައި އައްބާސް ވިދާޅުވީ ހަނިއްޔާ އަވަހާރަ ކޮށްލުމާ ގުޅިގެން މަސްރަހު އިތުރަށް ނުރައްކާތެރިވެފައިވާ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް